ދިވެހިރާއްޖެ
މާލެ އަތޮޅު ގުޅީ ކައުންސިލްގެ އިދާރާ
ކ. ގުޅި
ދިވެހިރާއްޖެ
ކ. ގުޅީ ނަރުދަމާގެ ނިޡާމް ސާފުކޮށް މަރާމާތު ކުރުމަށްބޭނުން ވެއްޖެ
މިމައްސަކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލްގެ ނަމްބަރ (IUL)336/336/2017/05 ( 16 އެޕްރީލް 2017 ) އިޢްލާން ބާޠިލްކޮށް ، އަލުން ކ. ގުޅީ ނަރުދަމާނިޡާމް ސާފުކޮށް ، މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަންބޭނުން ވެއްޖެއެވެ.
ވީމާ ، ކ. ގުޅީ ނަރުދަމާގެ ނިޡާމްސާފުކޮށް،މަރާމާތު ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ،ޝަޢުޤުވެރިވެ ލައްވަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް |
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް |
11 މެއި 2017 (ބުރާސްފަތި) ދުވަހުގެ 11:00 އަށް |
16 މެއި 2017 ( އަންގާރަ ) ދުވަހުގެ 11:00 އަށް |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6640068 ނަމްބަރ ފޯނާއެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.