މަސައްކަތް
ނަންބަރު: (IUL)359-ESMS/359/2017/7
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2017
ޕަބްލިޝްކުރި ގަޑި: 09:35
ސުންގަޑި: 18 މޭ 2017 11:00
ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ފަރާތުން ރަށްރަށުގައި އަޅަމުންގެންދާ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން ވ.ފެލިދޫގައި އެޅުމަށް ހަމަޖެހިފައިވާ 2 ވޮލީކޯޓް ތަރައްޤީކުރުމުގެ މަސައްކަތްކުރުން.

މި އިޢުލާންވަނީ 07 ޖޫން 2017 11:46 ގައި ބާތިލް ކުރެވިފައެވެ.


ނަންބަރ: (IUL)359-ESMS/359/2017/7

އިޢްލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

 ސަރުކާރުގެ ސްޕޯރޓްސް މެނިފެސްޓޯ ތަންފީޡުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޔޫތްއެންޑް ސްޕޯރޓްސްއިން ހިންގާ ސްޕޯރޓްސް އެރީނާގެ މަޝްރޫޢުގެ، ވ.ފެލިދޫގައި 2 ވޮލީ ކޯޓް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެ މިނސްޓްރީއިން ވަނީ ނިންމާފައެވެ. މިގޮތުން މިމަސައްކަތް މިނިސްޓްރީއިން ހުށަހަޅާ ބީ.އޯ.ކިޔު އާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 14 މެއި 2017 ވާ އާދިއްތަ ދުވަހުގެ 11.00 އަށް ވ.ފެލިދޫ ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 18 މެއި 2017 ވާ ބުރާސްފަތި ދުވަހުގެ 11.00 އަށް މިއިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއް ވުމަށް ދަންނަވަމެވެ.

ކުންފުންޏެއްގެ ފަރާތުން ނުވަތަ އެހެން މީހެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށް ނުވަތަ ބީލަން ހުށަހެޅުމަށް ހާޟިރުވާ ފަރާތްތަކުން އެމީހަކު ތަމްސީލް ކުރަނީ ކޮން ފަރާތެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ. މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުމުގެ ބައްދަލްވުމަށް ހާޟިރުވެ ނުލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަދި ވިޔަފާރި އުޞޫލުން ރަޖިސްޓްރީ ކޮށްފައިނުވާ، އެއްވެސް ފަރުދަކަށްވެސް، ކުންފުންޏަކަށްވެސް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ، ސިޓީއުރައަކަށް ލައި ބަންދުކޮށް ފެލިދޫ ސްޕޯޓްސް އެރީނާގައި ހިމެނޭ 2 ވޮލީ ކޯޓް އެޅުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތަށް ލިއުއްވައިފައެވެ.

                        މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                        8 ޝައުބާން 1438ހ.

                        4   މެއި  2017 މ. 

04 މޭ 2017