ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތު
މާލެ ދިވެހިރާއްޖެ
އިޢުލާން
ލ.ގަން ރީޖަނަލް ހޮސްޕިޓަލުގައި ދުވާލަކު 20 ޓަނު ފެން އުފެއްދޭ އާރް.އޯ ޕްލާންޓެއް ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 25 އޭޕްރިލް 2017ގައި ކުރެވުނު ނަންބަރު IUL) 23-AP/23/2017/59) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ތިންފަރާތް ވަޑައިގެންފައި ނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލީމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2017 މޭ 14 ވާ އާދީއްތަ ދުވަހުގެ ހެނދުނު 09:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 މެއި 22 ވާ ހޯމަ ދުވަހު ހެނދުނު 09:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
12 ޝައުބާން 1438