މަސައްކަތް
ނަންބަރު: (IUL)23-AP/23/2017/67
ޕަބްލިޝްކުރި ތާރީޚް: 08 މޭ 2017
ޕަބްލިޝްކުރި ގަޑި: 12:22
ސުންގަޑި: 11 މޭ 2017 09:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މި މިނިސްޓްރީ އާއި މި މިނިސްޓްރީގެ ދަށުގައިވާ މުއައްސަސާތަކަށް ރާއްޖެއިން ބޭރުން އެއަރ ފްރައިޓްކޮށް އަދި ސީފްރައިޓްކޮށް ގެނެވޭ ތަކެތި ކްލިއަރ ކޮށްދޭނެ ފަރާތެއް ބޭނުން ވެއްޖެ

މިނިސްޓްރީ އޮފް ހެލްތު

މާލެ ދިވެހިރާއްޖެ

 

 އިޢުލާން

          މި މިނިސްޓްރީ އާއި މި މިނިސްޓްރީގެ ދަށުގައިވާ މުއައްސަސާތަކަށް ރާއްޖެއިން ބޭރުން އެއަރ ފްރައިޓްކޮށް އަދި ސީފްރައިޓްކޮށް ގެނެވޭ ތަކެތި ކްލިއަރ ކޮށްދޭނެ ފަރާތެއް ހޯދުމަށް 03 މޭ 2017ގައި ކުރެވުނު ނަންބަރު IUL) 23-AP/23/2017/65) އިޢުލާނާ ގުޅިގެން  މައުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ 07 މޭ 2017 ވާ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.  ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތައް 11 މޭ 2017 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 މޭ 2017 ވާ އަންގާރަ ދުވަހުގެ ހެނދުނު 9:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

12 ޝަޢުބާން 1438

08 މޭ 2017