ދިވެހިރާއްޖެ
މަޤާމް :ޑްރައިވަރ | |
---|---|
ބޭނުންވާ އަދަދު :1 | |
އިޢުލާން ވަޒީފާގެ ފުރުޞަތު: މިކުންފުނީގެ ނަންބަރު 60-އޭޑީއެމް/100/2017 އިޢުލާނަށް އެކަށީގެންވާ ކެނޑިޑޭޓުން ލިބިފައިނުވާތީ ތިރީގައި ދެންނެވިފައިވާ މަަޤާމަށް އެޕްލިކޭޝަން ފޯރމް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލަމެވެ. މަޤާމް: ޑްރައިވަރ ބޭނުންވާ އަދަދު: 01 (އެކެއް) މުސާރަ: މަހަކު -/5000 ރުފިޔާ ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (3 މަސް ދުވަސް) މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ހުޅުމާލެ ފިހާރަ އެހެނިހެން ޢިނާޔަތްތައް: * އިތުރު އެލަވަންސް: މަހަކު -/1350 ރުފިޔާއާއި -/2400 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ. * އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ. * ވަޒީފާއާ ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރި ކުރެވޭނެއެވެ. މަޤާމުގެ މަސްއޫލިއްޔަތު: * ކުންފުނީގެ ބޭނުމަށް ކުރަންޖެހޭ އެކިއެކި ދަތުރުތައް އޮފީހުން އަންގާ ގޮތެއްގެ މަތިން ކުރުން * ކުންފުނިން ހަވާލުކޮށްފައިވާ ވެހިކަލަކަށް ގެއްލުމެއް ލިބި ނުވަތަ މަރާމާތެއް ކުރަން ދިމާވެއްޖެނަމަ، ހަމަޖެހިފައިވާ ގޮތެއްގެ މަތިން އެ އުޅަނދު މަރާމާތުކުރުމުގެ ކަންކަން ކަމާބެހޭ އިސް މުވައްޒަފާ ގުޅިގެން ކުރުން * ހަވާލުކުރެވިފައިވާ އުޅަނދު ފޮޅައި ސާފުކޮށް ބެލެހެއްޓުން * ހަވާލުކޮށްފައިވާ ވެހިކަލްގެ މެއިންޓެނަންސް ބެލެހެއްޓުން * ވެހިކަލް ދުއްވުމަށް ހަމަޖެހިފައިވާ ޤާނޫނާ ގަވާއިދުން ވެހިކަލް ދުއްވުމާއި، ޕާކު ކުރުން ތަޢުލީމާއި ތަޖުރިބާ: * ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ އިގިރޭސި ބަހާއި ދިވެހި ބަސް ލިޔަން ކިޔަން އެނގުން. * V1, Co, C2, C1, B2, B1 އަދި E ކެޓަގަރީގެ ޑްރައިވިންގ ލައިސަންސް އޮތުން * ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ޞިއްޙަތު ރަނގަޅު މީހެއް ކަމުގައިވުން ސުންގަޑި: މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 މޭ 11 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓީއޯ ހުޅުމާލެ ފިހާރައިންނާއި އެސްޓީއޯގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އެސްޓީއޯގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ. ނޯޓް: އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. މިމަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސްލިބޭ ފަރާތެކެވެ. ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ. އެޑްރެސް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ، ހެޑް އޮފީސް ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345 ފޯން: 3344272 ފެކްސް: 3344041 ނުވަތަ: އެސްޓީއޯ ހުޅުމާލެ ފިހާރަ ބަގީޗާ ހިނގުން ، ކ. ހުޅުމާލެ ފޯން:3012647.
04 މޭ 2017 |