ޢާންމު މަޢުލޫމާތު
ނަންބަރު: 113-CCD/I-2017/20
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2017
ޕަބްލިޝްކުރި ގަޑި: 14:55
ސުންގަޑި: 13 މޭ 2017 00:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ބަނދަރުގެ ގުދަނުގައި ބެހެއްޓިފައިވާ ގިނަ ދުވަސްވީ މުދަލާގުޅޭ

އިޢުލާން

ތިރީގައި ބަޔާންކުރެވިފައި އެވަނީ މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ކްލިއަރ ނުކޮށް ގިނަ ދުވަސްވީ މުދަލުގެ ތަފުސީލެވެ.

ވީމާ، މިއަދުން ފެށިގެން 07 ދުވަހުގެ ތެރޭގައި މި މުދާތައް ބަނދަރުން ކްލިއަރ ކުރެއްވުމަށް މުދަލުގެ ވެރިފަރާތްތަކަށް ދަންނަވަމެވެ. ދެންނެވުނު މުދަލުގެތެރޭގައި ކަމާބެހޭ އެއްވެސް މުޢައްސަސާއަކުން ހިފަހައްޓާފައިވާ މުދަލެއްވާނަމަވެސް އެ ތަކެއްޗާމެދު ވަކިގޮތެއް ނިންމުމަށްފަހު ބަނދަރުން ކްލިއަރ ކުރުމަށް ނުވަތަ ނައްތާލުމަށް ދަންނަވަމެވެ.

މި މުއްދަތުގެ ތެރޭގައި މުދާ ނުގެންދަވައިފިނަމަ، މިފަދަ މުދަލާމެދު ޢަމަލުކުރުމަށް މިކުންފުނީގައި ހަމަޖެހިފައި އޮންނަ ގަވާއިދުގެ ދަށުން ނީލަމުގައި ވިއްކައިލެވޭނެއެވެ. އަދި އެއްވެސް ސަބަބަކާހުރެ ނީލަމުގައި ވިއްކައިނުލެވޭ މުދާ ނައްތާލުމަށްފަހު، އެ މުދަލެއް ނައްތާލުމަށް ހިނގާ ޚަރަދު މުދަލުގެ ވެރިފަރާތަށް ބިލުކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

04 މޭ 2017