ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)10-C/1/2017/59
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2017
ޕަބްލިޝްކުރި ގަޑި: 12:29
ސުންގަޑި: 15 މޭ 2017 13:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
އައި.ސީ.ޓީ. އެގްޒެކެޓިވް

(IUL)10-C/1/2017/59 :ނަންބަރު

 

 

އިޢުލާނު

 

މަޤާމް:

އައި.ސީ.ޓީ. އެގްޒެކެޓިވް

މަޤާމުގެ ނަންބަރު:

J-269034

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

މިޑްލް މެނޭޖްމަންޓް ސަރވިސް

މަޤާމުގެ ރޭންކް:

އީ.އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

އެގްޒެކެޓިވް

ސެކްޝަން/ޔުނިޓް:

އައި.ސީ.ޓީ. އެންޑް އިނޮވޭޝަން ޔުނިޓް

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ހޯމްއެފެއާޒް / ކ. މާލެ

މުސާރަ:

މަޤާމުގެ މުސާރަ: މަހަކު 8,835.00ރުފިޔާ،    މުވައްޒަފަށް ލިބޭނެ މުސާރަ: މަހަކު 8,835.00ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު 2,000.00ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ ޝަރުޠުތައް:

  1. އިންފޮމޭޝަން ޓެކްނޮލޮޖީ / މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް/ ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން / ކޮމްޕިއުޓޭޝަނަލް އިންޖިނިއަރިންގ / ކޮމްޕިއުޓަރ ސައިންސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު،  އިންފޮމޭޝަން ޓެކްނޮލޮޖީ / މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް/ ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން / ކޮމްޕިއުޓޭޝަނަލް އިންޖިނިއަރިންގ / ކޮމްޕިއުޓަރ ސައިންސްގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. އިންފޮމޭޝަން ޓެކްނޮލޮޖީ / މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް/ ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން / ކޮމްޕިއުޓޭޝަނަލް އިންޖިނިއަރިންގ / ކޮމްޕިއުޓަރ ސައިންސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން  ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު،  އިންފޮމޭޝަން ޓެކްނޮލޮޖީ / މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް/ ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން / ކޮމްޕިއުޓޭޝަނަލް އިންޖިނިއަރިންގ / ކޮމްޕިއުޓަރ ސައިންސްގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. އިންފޮމޭޝަން ޓެކްނޮލޮޖީ / މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް/ ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން / ކޮމްޕިއުޓޭޝަނަލް އިންޖިނިއަރިންގ / ކޮމްޕިއުޓަރ ސައިންސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު،  އިންފޮމޭޝަން ޓެކްނޮލޮޖީ / މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް/ ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން / ކޮމްޕިއުޓޭޝަނަލް އިންޖިނިއަރިންގ / ކޮމްޕިއުޓަރ ސައިންސްގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓްރީގެ މަސައްކަތްތައް އައި.ޓީ ޓެކްނޮލޮޖީގެ އެހީގައި އޮޓަމޭޓް ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ރާވައި ހިންގާ ބަލަހައްޓާ އޯވަސީ ކުރުން.
  2. މިނިސްޓްރީގެ އައި.ޓީ ސިޔާސަތު، ކަމާބެހޭ ސިޔާސީ ވެރިއަކާ އަދި ޑިވިޜަންގެ ވެރިޔާގެ މަޝްވަރާއާއި ލަފާގެ މަތިން އެން.ސީ.އައި.ޓީއާއި އެހެން ދާއިރާތަކުން އެކަށައަޅާފައިވާ ގަވާއިދުތަކާއި އެއްގޮތަށްކޮށް އެކަށައެޅުން.
  3. މިނިސްޓްރީގެ އައި.ޓީ ޕްލޭންތައް އެކުލަވާލުމުގައި ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޑިވިޜަނާ ވިލަރެސްކުރުން.
  4. އީ-ގަވަރމަންޓް ނެޓްވޯރކާ ގުޅޭގޮތުން ވޯކިންގ ސްޓޭޝަންތަކުގެ ކޮންޕިއުޓަރތަކަށް އޮރިޖިނަލް ސޮފްޓްވެއަރ އަޅާ އެކަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްތައް އޯވަރސީކުރުން.
  5. މިނިސްޓްރީގެ ވެބްސައިޓާއި އިންޓްރާނެޓާއި ލީސްޑް ލައިނާއި ވޯރކްސްޓޭޝަންތަކާއި ނެޓްވޯރކް ބަލަހައްޓާ އެތަކެތި ތަރައްޤީކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުވުމާއި ސުޕަވައިޒްކުރުން.
  6. މިނިސްޓްރީގެ މަސައްކަތްތައް އޮޓަމޭޓް ކުރުމަށް ބޭނުންވާ ސޮފްޓްވެއަރތައް މިނިސްޓްރީގެ ތެރެއިން ޑިވެލޮޕްކުރުމާއި މަޢުލޫމާތު އަޕްޑޭޓްކުރުމުގެ ކަންތައްތައް މެނޭޖްކުރުން.
  7. މިނިސްޓްރީގެ ވެބްސައިޓާއި އިންޓްރާނެޓް އިތުރަށް ޑިވެލޮޕްކުރުމާއި މަޢުލޫމާތު އަޕްޑޭޓްކުރުމުގެ ކަންތައްތައް މެނޭޖްކުރުން.
  8. މިނިސްޓްރީގެ އައި.ޓީ ހާޑްވެއަރ ޒަމާނާގުޅޭ ގޮތަށް އަޕްގްރޭޑްކުރުމަށް މަސައްކަތްކުރުމާއި އައ.ޓީ މުވައްޒަފުންނަށް ބޭނުންވާ އިތުރު ތަމްރީން ދިނުމުގެ ކަންތައްތައް ލާރނިންގ އެންޑް ޑިވެލޮޕްމަންޓް ޔުނިޓާގުޅިގެން ކުރިއަށް ގެންދިއުން.
  9. އައިސީ.ޓީއާއި ގުޅޭ ބައްދަލުވުންތަކުގައި މިނިސްޓްރީގެ ފަރާތުން ބައިވެރިވުން.
  10. ދަށުން މަސައްކަތްކުރާ މުވައްޒަފުން ސިވިލް ސަރވިސްގެ ޤަވާއިދާ އެއްގޮތަށް އެޕްރޭޒްކުރުން.
  11. ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ އަޙްލާޤް ރަނގަޅުކުރުމަށް މަސައްކަތްކުރުމުގެ ގޮތުން އިސްލާޙީ ފިޔަވަޅު އަޅަންޖެހޭ ޙާލަތްތަކުގައި އެމުވައްޒަފަކާ ދޭތެރޭ ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް ފިޔަވަޅުއެޅުން.
  12. ދަށުން މަސައްކަތްކުރާ މުވައްޒަފުން ސުޕަވައިޒް ކުރުމާއި، އެމުވައްޒަފުން ރަސްމީގަޑީގައި ބޭރަށް ދާނަމަ އެކަމަށް ހުއްދަދިނުން.
  13. މީގެ އިތުރުންވެސް މުޅި މިނިސްޓްރީއަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި ހުރިހާ މުވައްޒަފުން ޝާމިލްވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވެ މަސައްކަތުގައި އެހީތެރިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ތަޢުލީމާއި ތަމްރީން (ލިބިފައިވާ އިތުރު ތަޢުލީމާއި ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ތަމްރީން)  %-40
  2. އިމްތިހާން (ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާން) %-5
  3. ވަޒީފާއާ ގުޅޭ މަސައްކަތުގެ ތަޖުރިބާ %-11
  4. އެހެނިހެން މަސައްކަތުގެ ތަޖުރިބާ %-6
  5. ލިބިފައިވާ މަސައްކަތުގެ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް)  %-38

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

 (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

  8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

 (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.homeaffairs.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 މޭ 15 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްއެފެއާޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. ފެކްސް ނަންބަރަކީ، 3324739 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

   

އިންޓަވިއު އާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އޮންނާނީ،  2017 މޭ 21 އާއި ޖޫން 8 އާ ދެމެދު، މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއު އާއި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 

%-30 (ތިރީސް އިންސައްތަ)

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3313325 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3324739 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

08 ޝަޢުބާން 1438

04 މޭ 2017