ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)221-AF/221/2017/8
ޕަބްލިޝްކުރި ތާރީޚް: 03 މޭ 2017
ޕަބްލިޝްކުރި ގަޑި: 14:45
ސުންގަޑި: 15 މޭ 2017 14:30
ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
Media and Communication Officer

     

  ނަމްބަރު: IUL)221-AF/221/2017/8)

ވަޒީފާގެ ފުރުޞަތު

 

މި އޮތޯރިޓީގެ އިޢުލާން ނަންބަރު: IUL)221-AF/221/2017/7) އާއި ގުޅިގެން ތިރީގައިވާ މަގާމަށް އެކަށީގެންވާ އަދަދަށް ބޭފުޅުން ކުރިމަތިލައްވާފައި ނުވާތީ އެމަގާމަށް އަލުން އިޢުލާން ކުރަމެވެ. 

މަޤާމް: މީޑިޔާ އެންޑް ކޮމިޔުނިކޭޝަން އޮފިސަރ

ބޭނުންވާ ޢަދަދު: 01 (އެކެއް)

ކުލެސިފިކޭޝަން: MS2

އަސާސީ މުސާރަ:  -/6,295ރ

ސަރވިސް އެލަވަންސް: -/2,000ރ

ނޮން ޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35

 

އުޖޫރަޔާއި ޢިނާޔަތްތައް:

 

 

  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު       -/3,000 (ތިންހާސް) ރުފިޔާ ދެވޭނެއެވެ. 

 

މަޤާމުގެ ޝަރުތުތައް:

 

 

 

 

 

 

 

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު ،

  • އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ގްރެފިކް ޑިޒައުނިންގ ނުވަތަ ޖާނަލިޒަމްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަގާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިވިފައިވުން، ނުވަތަ،
  • އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ގްރެފިކް ޑިޒައުނިންގ ނުވަތަ ޖާނަލިޒަމްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަގާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ،
  • އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ގްރެފިކް ޑިޒައުނިންގ ނުވަތަ ޖާނަލިޒަމްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ،
  • އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ގްރެފިކް ޑިޒައުނިންގ ނުވަތަ ޖާނަލިޒަމްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެސަނަދެއް ހާސިލްކޮށްފައި ވުމާއިއެކު، މަގާމުގެ މަސައްކަތާއި ގުޅުން ހުރި އެހެން ދާއިރާއަކުން ދިވެހި ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

  • އެލް.ޖީ.އޭގެ ވެބްސައިޓް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ސޯޝަލް މީޑިއާގެ ވަޞީލަތްތައް ބޭނުންކޮށްގެން އެލް.ޖީ.އޭގެ ޙަރަކާތްތައް ޕްރޮމޯޓްކުރުމާއި،     ޚަބަރާއި މަޢުލޫމާތު ހަމަކުރުން.
  • އެލް.ޖީ.އޭ އިން ހިންގާ ޙަރަކާތްތަކުގެ ފޮޓޯނަގައި ފޮޓޯތައް ޢަރުޝީފްކުރުން.
  • އެލް.ޖީ.އޭގެ ފަރާތުން ހާމަކުރަންޖެހޭ މައުލޫމާތު ހާމަކުރުން.
  • އޮތޯރިޓީއަށް ބޭނުންވާ ލީފްލެޓް، ބެނަރ، ފޮޓޯ ފަދަ ތަކެތި ޑިޒައިންކުރުން.
  • މަޖައްލާތަކާއި ދުވަހު ނޫސްތަކާއި، ރޭޑިއޯ ޓީވީ އަދި އިންޓަރނެޓާއި ދައުލަތުގެ އެހެން މުވައްސަސާތަކުން މި އޮފީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން ހާމަކުރާ ކަންކަމާއި، އަދި ކައުންސިލްތަކާއި ގުޅޭގޮތުން ދެކެވޭ ވާހަކަތަކާއި ޝާއިޢު ކުރެވޭ ޚަބަރުތައް ކަމާގުޅޭ ފަރާތްތަކަށް ރިޕޯޓްކޮށް އަދި އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް މަގު ފަހިކުރުން.
  • އެލް.ޖީއޭ އާއި އަދި ކައުންސިލްތަކާއި ގުޅޭ ގޮތުން ހާމަކުރާ ޚަބަރާއި މައުލޫމާތާއި ނިންމުންތައް   އަދި ތަފާތު ބަޔާންތައް ހޯދާ ދަފުތަރުކޮށް އަރުޝީފް ކުރުން.

މަތީގައިވާ މަޤާމަށް މީހަކު ހޮވުމުގައި ބަލާނޭ ކަންކަން:

  • މަތީގައިވާ މަޤާމަށް މީހަކު ނެގުމުގައި މިދާއިރާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ފަރާތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ޙާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ވަޒީފާއަށް އެދޭ ފޯމު
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުންލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ )
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  •  ކުރިން ވަޒީފާއެއްގައި އުޅެފައިވާނަމަ އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި މަޤާމުގެ މަސްއޫލިއްޔަތުތައް، އަދި ވަޒީފާ އަދާކޮށްފައިވާ ގޮތް އެނގޭނޭ ފަދަ ރަސްމީ ލިޔުމެއް.

 

ސުންގަޑި:

  • މި މަޤާމުތަކަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައިވާ ލިޔުންތަކާއިއެކު 2017 މޭ 15 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 15:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިންލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  • މި ވަޒީފާތަކަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަކަށްވުރެ ގިނަ ނަމަ އިންޓަވިޔު ކުރެވޭނީ ތަޢުލީމީ ފެންވަރަށް ބަލާ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއި އެވެ.
  • އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ނަންބަރު: , 3013121, 3006724 އިން ސާފުވާނެއެވެ.

 

03 މޭ 2017

 

03 މޭ 2017