ދިވެހިރާއްޖެ
ނަންބަރު: IUL)138-PIS2/138/2017/27)
އިޢުލާން
މ.ރަތްމަންދޫ ޖެޓީ ހެދުމުގެ މަޝްރޫޢުގެ އެޑަންޑަމް އެންވަރަމަންޓް އިމްޕެކްޓެ އެސެސްމަންޓަށް ބޭނުންވާ އެންވަރަމަންޓަލް ކޮންސަލްޓަންސީއާއި ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: IUL)138-PIS1/1/2017/81) އިޢުލާނަށް އެކަށިގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަސައްކަތާއި ބެހޭ މަޢުލޫމާތު ޝީޓް މި މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv އިން ލިބިވަޑައިގަންނަވާނެކަމުގައި ދަންނަވަމެވެ.
މި މަސައްކަތާއި ބެހޭ ފައިނޭންޝަލް އަދި ޓެކްނިކަލް ޕްރޮޕޯސަލް 14 މެއި 2017 ވާ އާދިއްތަދުވަހު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑިއަށް ޙާޒިރުނުވާ ފަރާތްތަކަށް ބިޑްހުށަހެޅުމަށް ފުރުސަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
އިންފްރަސްޓްރަކްޗަރ ޑިޕާޓްމަންޓް/ އެންވަރަމަންޓަލް މޮނިޓަރިންގ ޔުނިޓް
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.
އަމީނީ މަގު،
މާލެ، ދިވެހިރާއްޖެ.
ފޯން: 3004110 ފެކްސް:3004301
އީ-މެއިލް: [email protected]
03 މެއި 2017