ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)142-C2/1/2017/55
ޕަބްލިޝްކުރި ތާރީޚް: 03 މޭ 2017
ޕަބްލިޝްކުރި ގަޑި: 12:06
ސުންގަޑި: 16 މޭ 2017 12:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ފަޤީރުންގެ ލިސްޓުގައި އަލަށް ރަޖިސްޓްރީވާން އެދޭ ފަރާތަކަށް ފުރުޞަތު ހުޅުވާލުމާބެހޭ ބެހޭ

ފަޤީރުންގެ ލިސްޓުގައި އަލަށް ރަޖިސްޓްރީވާން އެދޭ ފަރާތަކަށް ފުރުޞަތު ހުޅުވާލުމާބެހޭ ބެހޭ

1437 ވަނަ އަހަރު އެކުލަވާލެވުނު ފަޤީރުންގެ ލިސްޓުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް ފިޔަވައި އަލަށް ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މާލެއާއި އަތޮޅުތަކުން ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން "ފިޠުރުޒަކާތާއި މުދަލުޒަކާތް ލިބިގަތުމަށް ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުމަށްފަހު އަތޮޅުތެރޭގައި ނަމަ އެރަށެއްގެ ރަށުކައުންސިލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އަދި މާލޭގައި ނަމަ މި ފޯމު ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށެވެ. ފޯމް ހުށަހެޅުއްވުމުގެ އެންމެފަހު ތާރީޚަކީ 2017 މޭ 16 ވާ އަންގާރަ ދުވަހުގެ 12:00 އެވެ.

މި ފޯމް މިނިސްޓްރީގެ ވެބްސައިޓް www.islamiaffairs.gov.mv އިން ޑައުންލޯޑު ކުރެއްވޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ޝަޢުބާން 1438

03 މޭ 2017

03 މޭ 2017