މަސައްކަތް
ނަންބަރު: (IUL)417-CA/417/2017/22
ޕަބްލިޝްކުރި ތާރީޚް: 30 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 16:18
ސުންގަޑި: 04 މޭ 2017 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމުވެ ތަރާވީހް ނަމާދު ކުރުމަށް ހާފިޒަކު ހޯދުމާއި ބެހޭ

1438 ވަނަ އަހަރުގެ ރަމަޟާންމަހު، މިރަށު މަސްޖިދުލް ފުރުޤާނުގައި އިމާމުވެ ހިފްޛްކޮށް ތަރާވީހް ނަމާދު ކޮށްދޭނެ ހާފިޒަކު، މިކައުންސިލް އިދާރާއަށް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)417-CA/417/2017/20 (17 އެޕްރީލް 2017) އިޢުލާނާއި ގުޅިގެން، ގަޑިޖެހުމުގެ ކުރިން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ފޮނުއްވާފައިނުވާތީ އެއިޢުލާން ބާޠިލްކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، ތިރީގައިމިވާ މަޢުލޫމާތާއި އެއްގޮތަށް މިކަން ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2017 މެއި 04 ވަނަ ދުވަހުގެ 14:00 ގެ ކުރިން އަންދާސީ ހިސާބު (ކޯޓޭޝަން) މިއިދާރާގެ ޕްރޮކިއުމަންޓް މެއިލް: [email protected] އަށް ފޮނުއްވައިދެއްވުން އެދެމެވެ. ނުވަތަ މިއިދާރާގެ ކައުންޓަރަށް ޙަވާލުކޮށްދެއްވުން އެދެމެވެ. އީމެއިލް ފޮނުވުމަށްފަހު މިއިދާރާގެ ފޯން ނަންބަރު 6840015 އަށް ގުޅުއްވައި އެކަން އެންގެވުން އެދެމެވެ.

މަޢުލޫމާތު:

  • ހާފިޒު ވާންޖެހޭނީ އިސްލާމިކް މިނިސްޓްރީން ހުއްދަ ދީ އެޕްރޫވް ކޮށްފައިވާ ޙާފިޒުކަމުގެ ސަނަދު އޮތް ފަރާތަކަށެވެ.
  • ހާފިޒަކީ ރާއްޖެއިން ބޭރު ފަރާތެއްނަމަ، ނަގަންޖެހޭ ޚާއްސަ ވިސާގެ ފޯމްގައި ކައުންސިލްގެ ތައްގަނޑު ޖަހައިދެވޭނެއެވެ.
  • 26 މެއި 2017 ވަނަ ދުވަހުގެ ކުރިން ހާފިޒު ހޯނޑެއްދޫއަށް ފޮނުވަންވާނެއެވެ. އަދި ރަމަޟާން މަހުގެ ތަރާވީޙް ނަމާދު ނިމުމާއެކު 02 ދުވަހުގެ ތެރޭގައި ހާފިޒު ހޯޑެއްދޫއިން ފުރުމުގެ އިންތިޒާމް ހަމަޖައްސަންވާނެއެވެ.
  • ހާފިޒު ހޯނޑެއްދޫ އަށް ގެނައުމަށާއި ފުރުވުމަށް ކުރަންޖެހޭ ދަތުރުތަކުގެ ހުރިހާ ޚަރަދެއް ކުރަންޖެހޭނީ ހާފިޒު ގެނެސްދޭ ފަރާތުންނެވެ. މީގެ ތެރޭގައި ހާފިޒު ހޯޑެއްދޫއާ ހަމައަށް ފޮނުވައި ދިނުމަށް ކުރަންޖެހޭ އެންމެހާ ޚަރަދެއް ހިމެނޭނެއެވެ.
  • ހާފިޒު ހޯނޑެއްދޫގައި ހުރުމާއި ކެއުމުގެ ހުރިހާ ޚަރަދެއް ހަމަޖައްސާނީ މި ކައުންސިލުންނެވެ.

ޕޮއިންޓް ދެވޭނެ މިންގަނޑު

  • ހުށަހަޅާ އަގު    100 މާކްސް (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ މާކްސް ލިބޭގޮތަށް)

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 ޝަޢުބާން 1438

30 އޭޕްރިލް 2017