ދިވެހިރާއްޖެ
ނަމްބަރ:IUL)244-CAA/244/2017/8
އިޢުލާން
ގޯތި ދޫކުރުމާއިބެހޭ:
ބިމާއިބެހޭ އޮނިގަނޑު ތައްޔާރުކޮށް ކައުންސިލްތަކާއި ހިއްސާކުރެވެންދެން، 2014 މެއި 20 ފެށިގެން ރަށްރަށުން ގޯތިދޫކުރުންފަދަ ޢާއްމު ބޭނުންތަކަށް ބިން ދޫނުކުރުމަށް މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން އަންގަވާފައިވާތީ، ބަންޑާރަ ގޯތި ދޫކުރުމަށް މިއިދާރާއިން ކުރި ނަމްބަރު: IUL)244/2014/03 (09 ޖެނުއަރީ 2014) އިޢުލާނާއި، ހުށަހެޅުނު ހުރިހާ ފޯމްތައް ބާޠިލްކުރުމަށްފަހު، ހއ.ތުރާކުނު ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. އަދި މިފަހަރު ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ރަށުގެ ހުޅަނގު އުތުރު ފަރާތުން 2000 (50x40) އަކަފޫޓުގެ 15 (ފަނަރަ) ގޯއްޗެވެ. ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ ޗާޓް މިއިޢުލާނާއެކު ޢާއްމުކުރީމެވެ.
ގޯއްޗައް އެދޭފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކާއި ޕޮއިންޓް ދެވޭނެ އުސޫލުތައް ތިރީގައި މިދަންނަވަނީއެވެ.
ގޯއްޗައް އެދޭފަރާތުގައި ހުންނަން ޖެހޭ ޝަރުތު:
1- ދިވެހިރައްޔިތެއް ކަމުގައިވުން.
2- ޢުމުރުން 21 އަހަރުވެފައިވާ މީހަކަށްވުން.
3- ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ވެފައިނެތުން.
4- ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކަށް 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައި ނެތުން.
5- ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދައިދީފައިވާ ޢިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައިނެތުން. އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި މީހަކަށްދީ ނުވަތަ ވިއްކައިފައި ނުވުން.
6- ކައިވެނީގެ ގޮތުން ގުޅި ދިރިއުޅުމެއް ފަށާފައިވާ މީހަކު ކަމުގައިވުން
7- ރާއްޖޭގެ އެއްވެސް ރަށަކުން މީގެ ކުރިން ލިބިފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑުބައެއް ވޭތުވެދިޔަ 5 އަހަރު ދުވަހުގެތެރޭ މީހަކަށްދީ ނުވަތަ ވިއްކައިފައި ނުވުން
8- ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކަށް 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބެން ނެތުން. ނުވަތަ ލިބެންއޮތް ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްވުން
9- ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކަށް 600 އަކަފޫޓަށްވުރެ ކުޑަބައެއް ލިބި، އެބިމަކީ ވަކިން ޢިމާރާތް ކޮށްފައި ނުވަތަ ވަކިން ޢިމާރާތްކުރެވޭގޮތަށް ބައިކުރެވިފައިވާ ބިމެއްނަމަ އެތަން ކަނޑައެޅިފައިވާ އުޞޫލުން ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްވުން ( މިގޮތަށް ދޫކޮށްލުމަށް އެބަސްވާ ފަރާތްތަކަށް ލިބޭ ގޯތި ރަޖިސްޓްރީ ކޮށްދެވޭނީ ތަރިކައިން ލިބެންއޮތް ގޯތި ނުވަތަ ލިބެންއޮތްބައި ސަރުކާރަށް ދޫކޮށްލިކަމަށް ޝަރީޢަތުން ނިންމެވުމުމަށްފަހުގައެވެ.)
10- ގޯއްޗަށް އެދޭ މީހާގެ ބައްޕަގެ ނުވަތަ މަންމަގެ ނުވަތަ މިދެމީހުންގެ އެއްމެދު ގޯއްޗެއް އޮވެފައި، އެގޯތި 600 އަކަފޫޓަށްވުރެ ބޮޑުނަމަ ގޯތީގެ ވެރިފަރާތުގެ ހުރީ އެންމެ ދަރިއެއްކަމުގައި ނުވުން.
11- ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނުވަތަ މަންމަގެ ނުވަތަ މިދެމީހުންގެ އެއްމެދު ގޯއްޗެއް އޮވެފައި އެގޯތީގެ ބޮޑުމިން 1200 އަކަފޫޓަށްވުރެ ކުޑަނޫންނަމަ އެގޯތީގެ ވެރިފަރާތުގެ ގޯތި ލިބިފައިނުވާ ދުނިޔޭގައި ތިބި ދަރިންގެ ޢަދަދު 2 އަށްވުރެ އިތުރުވުން.
12- ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ލިބިފައި ނެތުން.
13- ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް 1200 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ރާއްޖޭގެ އެއްވެސް ރަށަކުން ލިބެންނެތުން.
ގޯއްޗަށްއެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުޞޫލް
1. ކައިވެނީގެ ބައި :
ހ. |
މީހަކާ އިނދެގެންހުރިނަމަ |
25 ޕޮއިންޓް |
ށ. |
ކުރިން މީހަކާއިންދެ، ކައިވެނި ރޫޅިފައި ވީނަމަވެސް ދަރިން ތިބިނަމަ |
20 ޕޮއިންޓް |
2. ޢުމުރުގެ ބައި :
ހ. |
ޢުމުރުން 21 - 25 އަހަރާ ދެމެދު ނަމަ |
05 ޕޮއިންޓް |
ށ. |
ޢުމުރުން 25 އަހަރުން މަތިނަމަ (ގިނަވެގެން ދެވޭނީ 07 ޕޮއިންޓް) |
07 ޕޮއިންޓް |
3. ދަރިންގެ ބައި:
ހ. |
21 އަހަރުން ދަށުގެ ދަރިއަކު ހުރިނަމަ |
05 ޕޮއިންޓް |
ށ. |
21 އަހަރުންދަށުގެ އެއްކުއްޖަކަށްވުރެ ގިނަކުދިންތިބިނަމަ ކޮންމެ ކުއްޖަކަށް (މިބަޔަށްގިނަވެގެން ދެވޭނީ 16 ޕޮއިންޓް) |
04 ޕޮއިންޓް |
ނ. |
ދާއިމީގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 21 އަހަރުންދަށުގެ ކުއްޖަކުހުރިނަމަ |
03 ޕޮއިންޓް |
ރ |
ދާއިމީގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 21 އަހަރުންދަށުގެ 1 ކުއްޖަކަށްވުރެ ގިނަކުދިން ތިބިނަމަ ކޮންމެ ކުއްޖަކަށް (ގިނަވެގެން ދެވޭނީ 08 ޕޮއިންޓް) |
04 ޕޮއިންޓް |
4- މައިންބަފައިންގެ ބައި :
ހ. |
މަންމަ ބަލަމުންގެންދާނަމަ |
03 ޕޮއިންޓް |
ށ. |
ބައްޕަ ބަލަމުންގެންދާނަމަ |
03 ޕޮއިންޓް |
ނ. |
މައިންބަފައިންނާއި ދަރިންފިޔަވާ ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހަކު ބަލަމުންގެންދާނަމަ |
03 ޕޮއިންޓް |
5- ރައްވެހިކަމުގެބައި :
ހ. |
ރަށުގެ ރައްވެއްސެއްނަމަ |
20 ޕޮއިންޓް |
ށ. |
ކުރިން ރަށްވެހިވެފައިވާ ރަށް ދޫކޮށް މިރަށުގައި ދިރިއުޅޭތާ 5 އަހަރު ވެފައިވާނަމަ |
15 ޕޮއިންޓް |
ނ. |
ރަށުގައި ދިރިއުޅޭނަމަ |
10 ޕޮއިންޓް |
6- ޕޮއިންޓް އުނިކުރުން :
ހ. |
އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ގޯއްޗެއް ލިބިފައިވާނަމަ |
25 ޕޮއިންޓް |
ށ. |
ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި މަންމަގެ ގޯއްޗެއް އޮވެފައި ގޯތިނުލިބިހުރީ ހަމައެކަނި މީނާ ކަމަށްވާނަމަ |
10 ޕޮއިންޓް |
ނ. |
ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި ބައްޕަގެ ގޯއްޗެއް އޮވެފައި ގޯތިނުލިބިހުރީ ހަމައެކަނި މީނާ ކަމަށްވާނަމަ |
10 ޕޮއިންޓް |
ރ |
ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި އެއްގޯއްޗައްވުރެ ގިނަގޯތި އޮތްނަމަ އިތުރުވާ ކޮންމެގޯއްޗަކަށް |
05 ޕޮއިންޓް |
ބ |
ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި އެއްގޯއްޗައްވުރެ ގިނަގޯތި އޮތްނަމަ އިތުރުވާ ކޮންމެގޯއްޗަކަށް |
05 ޕޮއިންޓް |
ޖުމްލަ : ޕޮއިންޓް
އިތުރު ތަފްޞީލް :
- ނަމްބަރ 01 ގައިވާ ކައިވެނި ރޫޅިފައިކަމަށް ބަލާނީ ގޯތި ދޫކުރާކަން އިޢުލާނުކުރުމުގެ ކުރިން ޢާއިލާ ކައިވެނި ރޫޅިފައި ވާނަމައެވެ. އަދި މިބައިން މާކްސް ލިބޭނީ ލިބިފައިވާ ދަރިން ބަލަމުން ގެންދަނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ މީހާ ކަމުގައި ވާނަމައެވެ.
- ނަމްބަރ 02 ގައިވާ ޢުމުރުގެ ބައި ބަލާނި ގޯތި ދޫކުރުމަށް ކުރި އިޢުލާންގެ މުއްދަތު ހަމަވާ ތާރީޙަށެވެ.
- ނަމްބަރ 03 ގެ (ށ) ގައިވާ ދަރިންގެ ޢަދަދަށް ޕޮއިންޓް ދިނުމުގައި 04 ދަރިންނަށްވުރެ ގިނައިން ދަރިން ތިބިކަމުގައިވިޔަސް ދެވޭނީ ޖުމަލަ 16 ޕޮއިންޓެވެ. ދަރިން ތިބެގެން ޕޮއިންޓްދޭނީ ގޯއްޗައް އެދިފައިވާ މީހާގެ ބެލުމުގެ ދަށުގައި ތިބިދަރިންނަށެވެ. ( މިސާލަކަށް: ދަރިފުޅު ނުވަތަ ދަރިން ބަލަމުންގެންދަނީ ގޯއްޗަށް އެދިފައިވާމީހާ ނުވަތަ އޭނާގެ ފަރާތުން ބަލަންޖެހޭމީހެއްކަމުގައި ނުވާނަމަ ދަރިންނަށްދޭ ޕޮއިންޓް ގޯއްޗަށް އެދިފައިވާ މީހާއަށް ދޭކަށްނުޖެހޭނެއެވެ.)
- ނަމްބަރ 04 ގައިވާ މައިންބަފައިން ބަލަމުންގެންދާތީ ލިބޭޕޮއިންޓް ލިބޭނީ މަންމަ ނުވަތަ ބައްޕަގެ ގޯތިނެތި މަންމަ ނުވަތަ ބައްޕަ ބަލަމުން ގެންދާނަމައެވެ.
- ނަމްބަރ 04 ގެ (ނ) ގައިވާ ފަދަ މީހަކު ބަލަމުންދާކަމަށް ބެލެވޭނީ މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަމިއްލައަށް އެއްވެސް މަސައްކަތެއް ކޮށްނޫޅެވޭފަދަ މީހަކު ބަލަމުންދާނަމައެވެ.
- ގޯއްޗަށްއެދި ފޯމްހުށަހަޅާފައިވާ މީހުންގެ މަޢުލޫމާތުތަކަށް އައިސްފައިވާ އުނިއިތުރު ބަލާނީ ގޯތިދޭ ތާރީޙަށެވެ.
ގޯތި ލިބޭގޮތް :
- ގޯތި ލިބެންޖެހޭ މީހުން ހޮވާނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ. އެގޮތުން އެފަހަރަކު ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ ޢަދަދަށްވުރެ އިތުރަށް އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ މީހުން ތިބިނަމަ އޭގެތެރެއިން ގޯތި ލިބޭމީހުން ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.
- ގޯތި ލިބޭ މީހުން ކަނޑައެޅުމުގައި ކޮންމެ ދެމަފިރިއަކަށް ދެގޯތި ނުލިބޭނެ އުޞޫލުން ބަލާގެންނެވެ.
- ގޯތި ލިބޭނީ މަދުވެގެން 50 ޕޮއިންޓް ލިބޭ ފަރާތްތައްކަށެވެ.
ގޯއްޗައް އެދޭފަރާތްތަކުން ގޯއްޗައްއެދޭ ފޯމްފުރިހަމަ ކުރުމަށްފަހު 2017 މެއި 31 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިފޯމް ލިބެން ހުންނާނީ މިއިދާރާއިންނެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
06 ޝައްވާލް 1438
02 މެއި 2017