މަސައްކަތް
ނަންބަރު: (IUL)30-C/30/2017/55
ޕަބްލިޝްކުރި ތާރީޚް: 02 މޭ 2017
ޕަބްލިޝްކުރި ގަޑި: 12:41
ސުންގަޑި: 10 މޭ 2017 14:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ރާއްޖޭގައި އުފެއްދޭ ކާނާގެ ބާވަތްތަށް އާލާކޮށް، ފުޑް ސެކިއުރިޓީ ނުވަތަ ކާނާގެ ޔަޤީންކަން ރައްޔިތުންނަށް ހޯދައިދިނުމުގެ ޕްރޮގްރާމްގެ ދަށުން، ހދ.ނޮޅިވަރަންފަރުގެ ގޭބިސީތަކުގަޔާއި ހުސް ބިން އޮތް ތަންތަނުގައި އިންދުމަށް ބަނބުކެޔޮ، ދަނޑިއަލުވި، އަލަ އަދި ފަތްކެޔޮ އުފައްދައިދޭނެ ފަރާތެއް ހޯދުމަށް

އިއުލާން ނަމްބަރު : IUL)30-C/30/2017/55)

ރާއްޖޭގައި އުފެއްދޭ ކާނާގެ ބާވަތްތަށް އާލާކޮށް، ފުޑް ސެކިއުރިޓީ ނުވަތަ ކާނާގެ ޔަޤީންކަން ރައްޔިތުންނަށް ހޯދައިދިނުމުގެ ޕްރޮގްރާމްގެ ދަށުން، ހދ.ނޮޅިވަރަންފަރުގެ ގޭބިސީތަކުގަޔާއި ހުސް ބިން އޮތް ތަންތަނުގައި އިންދުމަށް ބަނބުކެޔޮ، ދަނޑިއަލުވި، އަލަ އަދި ފަތްކެޔޮ އުފައްދައިދޭނެ ފަރާތެއް ހޯދުމަށްކުރެވުނުނަމްބަރު  (IUL)30-C/30/2017/38އިއުލާނާއި ގުޅިގެން އެކަށިގެންވާ އަދަދަށް އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ މިއިއުލާން ބާތިލްކޮށް އަލުން މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

ސަރުކާރުން ކަނޑައަޅާފައިވާ ދެމެހެއްޓެނިވިގޮތެއްގައި ރާއްޖޭގައި ކާބޯތަކެތީގެ އުފެއްދުން އިތުރުކޮށްގެން ކާނާގެ ރައްކާތެރިކަން ލިބޭނެމަގު ތަނަވަސްކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، ރާއްޖޭގައި އުފެއްދޭ ކާނާގެ ބާވަތްތައް އާލާކޮށް، ފުޑް ސެކިއުރިޓީ ނުވަތަ ކާނާގެ ޔަޤީންކަން ރައްޔިތުންނަށް ހޯދައިދިނުމުގެ ޕްރޮގްރާމްގެ ދަށުން، ހދ.ނޮޅިވަރަންފަރު ގޭބިސީތަކުގައި އިންދުމަށް ބަނބުކެޔޮ، ދަނޑިއަލުވި، އަލަ، އަދި ފަތްކެޔޮ އުފެއްދުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

ވީމާ، ތިރީގައިވާ މައުލޫމާތާއި އެއްގޮތަށް ގަސް އުފައްދަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން  10 މެއި 2017 ވާ ބުދަ ދުވަހުގެ 14:00 އަށް ހދ.ނޮޅިވަރަންފަރު ކައުންސިލަށް ނުވަތަ މިމިނިސްޓްރީގެ (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ފިޝަރީޒް މިނިސްޓްރީންނަމަ 3339261 ނަންބަރު ފޯނާއި އަދި ހދ.ނޮޅިވަރަންފަރު އިންނަމަ 9918238 ނަންބަރު ނުވަތަ ނޮޅިވަރަންފަރު ކައުންސިލް 6520045 ނަންބަރުފޯނާއި ގުޅުއްވުން އެދެމެވެ.

  1. 1.    ހދ.ނޮޅިވަރަންފަރުގައި އުފައްދަން  ބޭނުންވާ ގަހުގެ ބާވަތްތައް އަދި އަދަދު

ގަހުގެ ބާވަތް

އަދަދު

ބަނބުކެޔޮ

137

އަލަ ނިރު

248

ދަނޑިއަލުވި

310

ފަތްކެޔޮ (ބޮންތިރަތްކެޔޮ)

159

ޖުމްލަ

854


ނޯޓް: މި 4 ބާވަތުގެ ގަސް އުފައްދަންޖެހޭނީ ރާއްޖޭގެ މުޑުވައް ބޭނުންކޮށްގެންނެވެ. ރާއްޖެއިން ބޭރުން ގަސް ގެނެސްގެން ނުވަތަ މުޑުވައް ގެނެސްގެން އުފައްދާ ގަސް ބަލައެއް ނުގަނެވޭނެއެވެ.

  1. 2.  ގަސްތަކުގެ ސްޕެސިފިކޭޝަން

ދަނޑިއަލުވި ގަސް ހުންނަންޖެހޭނެ ގޮތް

  1. ބިމުން މައްޗަށް ގަހުގެ މައިގަނޑު 8-10 އިންޗިހުރުން
  2. ގަހުގައި މަދުވެގެން ފުރިހަމަވެފައިވާ 8 ފަތް ލާފައި ހުރުން އަދި ފަތްވަޅުތަކުން ކުރިފަޅަންފަށާފައިވުން (އަދި އެކަށީގެންވާ ވަރަށް މޫވެސް ލާފައި ހުންނަންވާނެ)   
  3. ގަސްތައް ހުންނަންވާނީ  (8’’x6’’) ސައިޒްގެ ކަޅުކޮތަޅުގައި އިންދާފަ އަދި ގަސްތަކުން އެއްވެސްވަރަކަށް މޯޅިވުމުގެ ނިޝާނެއް ހުރެގެންނުވާނެއެވެ.
  4. ގަސްތަކުގެ ސިއްހަތު ރަގަޅުވެފަ އަދި ގަހުގެ އެއްވެސް ހިސާބެއްގައި ފަނިފަކްސާއެއްގެ ނުވަތަ ބައްޔެއްގެ ނިޝާން ފެންނަންނެތުން،  ވަކިން ހާއްސަކޮށް ގުރުޑުބަލި (ވައިރަސް ބަލި) ޖެހިފައިހުރި ގަސްތަކަކަށް ވެގެންނުވާނެ.
  5. މިގޮތުން ދަނޑިއަލުވި މުޑުވައްކުރަން ފެށުމުގެ ކުރިން މުޑުވަކަށް ޙިޔާރުކުރެވޭ ގަސްތަކަކީ ވައިރަސްފްރީ ގަސްތަކެއްތޯ މިނިސްޓްރީއާއި ފޮޓޯ ހިއްސާކޮށްގެން ކަށަވަރުކުރުން

 

ބަނބުކެޔޮ ގަސް ހުންނަންޖެހޭނެ ގޮތް

1- އެންމެ ކުރުވެގެން 10 އިންޗިއާ 18 އިންޗިއާއި ދެމެދުގެ ދިގުމިން ހުންނަ ގަސް

2- ގަހުގައި މަދުވެގެން އެއްކޮށް ފޮޅިފައިވާ 6-8 ފަތް ލާފައި ހުންނަން ވާނެ (އަދި އެކަށީގެންވާ ވަރަށް މޫވެސް ލާފައި ހުންނަންވާނެ)

3- ގަސްތައް ހުންނަންވާނީ  (8’’x6’’) ސައިޒްގެ ކަޅުކޮތަޅުގައި އިންދާފަ އަދި ގަސްތަކުން އެއްވެސްވަރަކަށް މޯޅިވުމުގެ ނިޝާނެއް ހުރެގެންނުވާނެ

4- ގަސްތަކުގެ ސިއްހަތު ރަގަޅުވެފަ އަދި ގަހުގެ އެއްވެސް ހިސާބެއްގައި ފަނިފަކްސާއެއްގެ ނުވަތަ ބައްޔެއްގެ ނިޝާން ފެންނަންނެތުން

 

އަލަ ނިރު ހުންނަންޖެހޭނެ ގޮތް

1- އަލަ ގަހުގެ ބުޑުން ފަޅާފައި ހުންނަ 6 އިންޗި އާއި 18 އިންޗިއާއި ދެމެދަށް ހެދިފައިވާ ނިރު

2- ނިރު ނަގާފައި ހުންނަންވާނީ މުލަށް ވީހާވެސް ބޮޑަށް ގެއްލުން ކުޑަވާނެހެން

3- އަލަ ނިރުތައް އެންމެ އަވަސްވެގެންވެސް މުޑުވަށްކޮށްފައިހުރި ބިމުން ނަގަންވާނީ ގަސްބެހުމަށް ހަމަޖެހިފައިވާ ދުވަހުގެ އެއްދުވަސް ކުރިން އަދި ނިރުތައް ފޯރުކޮށްދޭއިރު ކޮންމެސް ވަރަކަށް ވަޅޯވެފައި ހުރިނަމަވެސް އެއްވެސް ވަރަކަށް އަނދާފައި ނުވަތަ ދޮންވާން ފަށާފައި ހުރެގެން ނުވާނެ

4- ނިރުގެ އެއްވެސް ހިސާބަކުން ފަނިފަކްސާގެ ނުވަތަ ބައްޔެއްގެ ނިޝާނެއް ފެންނަން ހުރެގެން ނުވާނެ

ފަތްކެޔޮނިރު ހުންނަންޖެހޭނެ ގޮތް

  1. ނިރު ގައި 5-3 ފޫޓު ހުރުން އަދި ނިރުގެ ބުޑުފަލަވެފަ، ކޮޅަށްހުންނަ ހިމަފަތްތަކެއްހުރުން
  2. ގަހުގެ ނުވަތަ ނިރުގެ އެއްވެސް ހިސާބަކުން ބައްޔެއްގެ ނިޝާނެއް ފެންނަން ހުރެގެން ނުވާނެ
  3. ނިރުގެ ފަތްތައްހުންނަންވާނީ ފެހިކުލާގަ.
  4. ފަތްކެޔޮ ނިރުތައް އެންމެ އަވަސްވެގެންވެސް މުޑުވަށްކޮށްފައިހުރި ބިމުން ނަގަންވާނީ ގަސްބެހުމަށް ހަމަޖެހިފައިވާ ދުވަހުގެ އެއްދުވަސް ކުރިން.
  1. 3. ގަސް އުފައްދަން އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް
  • އަންދާސީ ހިސާބު ހުށަހެޅުމަށް ކުރިމަތިލެވޭނީ ރާއްޖޭގައި ހަރަކާތްތެރިވާ ކޯޕެރޭޓިވް ސޮސައިޓީ، ކްލަބް، ޖަމްއިއްޔާ ޖަމާއަތް، ކުންފުނި،  ލޯކަލްއިންވެސްޓްމަންޓް އަދި އަމިއްލަ ފަރުދުންނަށް
  • މިކަމަށް ކުރިމަތިލާ ފަރާތަކީ ގަސްއުފެއްދުމުގެ ފަންނީ ޤާބިލުކަމާއި، ތަޖުރިބާ ހުރި ފަރާތެއްކަމުގައިވުން
  • ގަސް އުފެއްދުމުގެ މަސައްކަތްކުރެވޭވަރުގެ އެކަށީގެންވާ ވަރުގެ ބިމެއް (ގޯތިތެރެއިން ނުވަތަ ދަނޑުބިމުން) ލިބިފައިވާ ފަރާތެއް ކަމުގައިވުން
  1. 4. ގަސް އުފައްދާ ފަރާތުން ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
  • މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ނޮޅިވަރަންފަރުގައި ގަސް އުފެއްދުމަށް ކަނޑައަޅާފައިވާ އަދަދަށް އަދި ޓެކްނިކަލް ސްޓޭންޑެޑަށް ދެ ފަރާތުން އެއްބަސްވެވޭ މުއްދަތެއްގެ ތެރޭގައި އަމިއްލަ ތަކެތީގައި ގަސް އުފައްދާ ތައްޔާރުކޮށް މިނިސްޓްރީއަށް އެންގުން.
  • ގަސްތައް މުޑުވައްކުރުމަށްފަހު ގަސްތައްހެދެމުންދާގޮތް މިނިސްޓްރީއަށް މަހަކު 1 ފަހަރު ފޮޓޯއިން ހިއްސާކުރުން.
  • މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ކަނޑައަޅާ ތާރީޚެއްގައި ނޮޅިވަރަންފަރު ކައުންސިލާއި، މިނިސްޓްރީއާއި ކޯޑިނޭޓްކޮށްގެން ގަސްބެހުމުގެ ކަންތައްތަކުގައި އެހީތެރިވެދިނުން.
  • ރަށުގެ ރައްޔިތުންނަށް ބެހޭ ގަސްތައް އިންދިތޯ ގޭގެއަށް ގޮސް ކަށަވަރުކުރުމާއި، ނުއިންދާ ފަރާތްތައް މިގަސްތައް އިންދުމަށް މީހުން ހޭލުންތެރިކުރުވުމާއި، އަދި 1 އަހަރު ދުވަސްވަންދެން ގަސްތައް ހަވާލުކުރާ ތާރީޚުން ފެށިގެން ކޮންމެ 06 މަހަކުން މިނިސްޓްރީއަށް ރަށު ކައުންސިލް މެދުވެރިކޮށް ލިޔުމުންނާއި، ފޮޓޯ މެދުވެރިކޮށް ރިޕޯޓްކުރުން
  1. 5.    އަންދާސީ ހިސާބު ހުށަހަޅަންވީ ގޮތް
  • ކޮންމެ ބާވަތެއްގެ ގަސް އުފައްދާދޭނެ އަގު ވަކިން ހުށަހެޅުން އަދި ޖުމްލަ އަގު ހުށަހެޅުން
  • ހދ.ނޮޅިވަރަންފަރު ކައުންސިލްއިން ކަނޑައަޅާ ތަނަކަށް ގަސްތައް ގެނެސް ޖަމާކޮށްދޭނެ އަގު ވަކިން ހުށަހެޅުން
  • ގަސް އުފައްދާ ނާރސަރީ ހުންނާނެ ލޮކޭޝަން ބަޔާންކުރުން
  • މަސައްކަތާއި ޙަވާލުވާ ތާރީޚުން ފެށިގެން ގަސް އުފައްދާ ނިންމާ ރައްޔިތުންނަށް ބެހުމަށްޓަކައި ރަށުގެ ކައުންސިލާއި ޙަވާލު ކުރާނެ މުއްދަތު. (އެކި ބާވަތްތަކުގެ ގަސްތައް އުފެއްދުމަށް ނަގާ މުއްދަތު ތަފާތު ވިޔަސް ހުރިހާ ގަސްތަކެއް ތައްޔާރުކޮށް ހަވާލުކުރަންވާނީ އެއް ތާރީޚެއްގައެވެ.)
  1. 6.    އަންދާސީ ހިސާބާއި އެކީ ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
  • ކޯޕެރޭޓިވް ސޮސައިޓީ، ކްލަބް ޖަމްއިއްޔާ ޖަމާތަކުންނަމަ ރެޖިސްޓްރޭޝަންކޮޕީ އަދި ހިންގާ ޤަވާއިދާއި އަސާސީ ޤަވާއިދުގެ ކޮޕީ
  • ކުންފުންޏެއްނަމަ ރެޖިސްޓްރޭޝަން ކޮޕީއާއިއެކީ، ހިންގާ ޤަވާއިދާއި އަސާސީ ޤަވާއިދުގެ ކޮޕީ އަދި ބޯޑް ރިސޮލިއުޝަން
  • އަމިއްލަ ފަރުދެއްނަމަ އައި.ޑީ ކާޑް ކޮޕީ
  • އަންދާސީ ހިސާބު ހުށަހަޅާފަރާތުގެ ނަމުގައި ރަޖިސްޓްރީވެފައި އޮންނަ ހުސްބިންއޮތް ގޯއްޗެއްނަމަ ގޯތީގެ ރަޖިސްޓްރީގެ ކޮޕީއެއް ނުވަތަ މިމަސައްކަތައް ބޭނުންކުރާނީ އެހެންމީހެއްގެ ގޯއްޗެއްނަމަ، ގޯތީގެ ރަޖިސްޓްރީގެ ކޮޕީއާއި އެއްކޮށް އެގޯތީގެ ވެރިފަރާތުން މިމަސައްކަތްކުރުމަށް ހުއްދަދީފައިވާކަމުގެ ލިޔުމެއް (ވެރިފަރާތުގެ އައި.ޑީ ކާޑް ކޮޕީއާއިއެކީ)
  • ދަނޑުބިމެއްނަމަ، ރަށު ކައުންސިލުން ބިން ދޫކޮށްފައިވާ ކަމުގެ ލިޔުމެއް (ދަނޑުގެ ބޮޑުމިނާއި، ދޫކުރިފަރާތް އަދި ދޫކުރި މުއްދަތު އިނގޭނެފަދަ ލިޔުމެއް) ނުވަތަ މިމަސައްކަތްކުރުމަށް ބޭނުންކުރާނީ އެހެން މީހެއްގެ ބިމެއްނަމަ، ބިން ދޫކޮށްފައިވާކަމުގެ ލިޔުމާއިއެކީ، ބިން ނަގާފައިވާ ފަރާތުން މިމަސައްކަތްކުރުމަށް ހުއްދަދީފައިވާކަމުގެ ލިޔުމެއް ވެރިފަރާތުގެ އައި.ޑީ ކާޑް ކޮޕީއާއިއެކީ)
  • ގަސްއުފެއްދުމުގެ މަސައްކަތްކުރުމަށް ކަނޑައަޅާގޯތީގައި ނުވަތަ ދަނޑުބިމުގައި މިފަދަ މަސައްކަތެއްކުރުމަށް ހުސް ޖާގަލިބޭމިންވަރު އަންގާދޭ ލިޔުމެއް (ކައުންސިލުން ދީފައިވާ)
  • މަސައްކަތުގެ ތަޖުރިބާ ހުރިނަމަ އެކަމުގެ ލިޔެކިޔުންތައް (ދަނޑުވެރިކަމާއި ގުޅުންހުރި ތަމްރީނެއް ފުރިހަމަކޮށްފައިވާނަމަ ސެޓްފިކެޓް، ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުން ގެންދާނަމަ އެމަސައްކަތެއްގެ ތަފްޞީލާއި (ހައްދާ ބާވަތް، ދަނޑު ބިމުގެ ބޮޑުމިން) މަސައްކަތުގައި ހޭދަވީ މުއްދަތު އެނގޭނެހެން ރަށުގެ ކައުންސިލުން ދީފައިވާ ލިޔުން
  1. 7.  ގަސްއުފައްދާދޭނެ ފަރާތެއް ހޮވުމުގައި ބަލާނެ ކަންތައްތައް
  • އަގު %70
  • މުއްދަތު
  • ފަންނީ ތަޖުރިބާ
02 މޭ 2017