ދިވެހިރާއްޖެ
ނަންބަރު: IUL)22-G/22/2017/23)
އިޢުލާން
ސްކޫލްތަކަށް ޑެސްކް ހޯދަން ބޭނުންވެއްޖެ.
މިމިނިސްޓްރީގެ ފަރާތުން ޢިމާރާތް ކުރަމުންދާ ބައެއް ސްކޫލްތަކަށް ބޭނުންވާ ޑެސްކް ހޯދަން ބޭނުންވެއެވެ.
ވީމާ މިމިނިސްޓްރީއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 9 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
އަދި ދަންނަވަމެވެ. މިމިނިސްޓްރީގެ ފަރާތުން ޢިމާރާތް ކުރަމުންދާ ބައެއް ސްކޫލްތަކަށް ބޭނުންވާ ފަރުނީޗަރު ހޯދަން ބޭނުންވެގެން ކުރި ނަމްބަރު: IUL)22-G/22/2017/11) އިޢުލާނާއި ގުޅިގެން ޑެސްކް ޖެހުމަށް ދެވިފައިވާ މައުލޫމާތަށް ބަދަލު އަންނާތީ އެއިޢުލާނާ ގުޅިގެން ހުށަހެޅުނު ޑެސްކް ޖެހުމުގެ ބިޑްތައް ވަނީ ބާތިލް ކުރެވިފައެވެ.
|
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީ ހިސާބު ހުށަހެޅުމަށް |
|
08 މޭ 2017 ވާ ހޯމަ ދުވަހު 11:00އަށް |
14 މޭ 2017 ވާ އާދީއްތަ ދުވަހުގެ 11:00އަށް |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341126 ނަމްބަރ ފޯނާއެވެ.
06 ޝަޢުބާން 1438
05 މޭ 2017