ވަޒީފާގެ ފުރުޞަތު
ނަންބަރު: N-11-C/2017/5
ޕަބްލިޝްކުރި ތާރީޚް: 30 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 09:49
ސުންގަޑި: 11 މޭ 2017 14:00
ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

ތ.ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓް                             

    ވޭމަންޑޫ، ދިވެހިރާއްޖެ

                                               

އިޢްލާން

 

 

ވަޒީފާގެ ފުރުޞަތު

ނަންބަރ:

N-11-C/2017/5

ތާރީޚް:

30 އޭޕްރީލް 2017

މަޤާމް:

ކޮމްޕިއުޓަރ ޓެކްނީޝަން

ރޭންކް:

އެމް އެސް 1

ޢަދަދު:

01 ( އެކެއް )

މަސައްކަތްކުރަންޖެހޭ ތަން:

ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓްކޯޓް

އަސާސީ މުސާރަ:

5610.00 ރުފިޔާ ( ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)

އިތުރުގަޑިއާއި އެހެނިހެން އެލަވަންސް:

  • ސާރވިސް އެލަވަންސް: 2000.00 ރުފިޔާ (ދެހާސް ރުފިޔާ )
  • ލިވިންގ އެލަވަންސް 2550.00 ( ދެހާސްފައްސަތޭކަ ފަންސާސް ރުފިޔާ)
  • ޖުޑީޝަލް އެލަވަންސް ގެ ގޮތުގައި މުސާރައިގެ %20 
  • ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

އަސާސީ ޝަރުޠު:

  1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާދާއިރާއަކުން ޑިޕްލޮމާއެއް ހާޞިލުކޮށްފައިވުން ނުވަތަ

 

 2. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުން ދިއުމާއެކު ، GS 4 ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު:

  • މިއަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ކޮމްޕިއުޓަރުތަކަށްދިމާވާ މައްސަލަތައް ޙައްލުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަންކުރުން.
  • މިއަތޮޅުގެ މެޖިސްޓްރޭޓްކޯޓުތަކުގެ ނެޓްވޯކް މަރާމާތުކޮށް ބެލެހެއްޓުމާއިބެހޭ އެންމެހާ ކަންކަންކުރުން.
  •  
  • ކޯޓުތަކުގެ މެޝިނަރީތަކަށް ދިމާވާ މައްސަލަތައް ބަލައި އެތަކެތި މަރާމާތުކުރުމާބެހޭ މަސައްކަތްކުރުން.
  •  
  • ކޯޓުތަކުން ކުރާ މަސައްކަތްތަކާގުޅިގެން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.

 

  • މީގެ އިތުރުން އެވަގުތަކު ދާއިރާ ހިންގަވަން ހުންނެވި ވެރިއަކު އަންގަވާ ރަސްމީ މަސައްކަތްކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނޭ ކަންތައްތައް:

  • ލިބިފައިވާ ތައުލީމާއި، ތަޖުރިބާ
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތު ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު:

  • މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ މި ކޯޓުގައި ނުވަތަ މިކޯޓުން ހަމަޖައްސާ ތަނެއްގައެވެ. އަދި އިންޓަވިއުއޮންނަ ދުވަހާއި އިންޓަރ ވިއު އޮންނަ ތަން އިންޓަރވިއުއަށް ޙާޟިރުވާންޖެހޭ ފަރާތްތަކަށް އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތް:

  • މި ވަޒީފާ އަށް ޝައުޤުވެރިވާ ފަރާތްތަކުން  ހުށަހަޅާނީ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯރމުންނެވެ. މި ފޯމް މި ކޯޓުންނާއި، ޑިޕާރޓްމަންޓް އޮފްޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ  ވެބްސައިޓް www.judiciary.gov.mv   އިން ލިބެން ހުންނާނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢްލީމީސެޓްފިކެޓްތަކުގެ ކޮޕީ ( އަޞްލާއިއެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑު ޖަހާ ފައިވާ )
  • ލިބިފައިވާ ތަޖްރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.
  • ވަނަވަރު ( ސީ.ވީ )
  • ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

 

ސުންގަޑި:

  • 11 މެއި 2017 ވާ ބުރާސްފަތި ދުވަހުގެ 14:00
30 އޭޕްރިލް 2017