ކުއްޔަށް ދިނުން
ނަންބަރު: (IUL)338-MS/338/2017/08
ޕަބްލިޝްކުރި ތާރީޚް: 30 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 21:18
ސުންގަޑި: 08 މޭ 2017 14:00
މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
• ވިޔަފާރި އަދި ސިނާއީ މަސައްކަތް ކުރުމަށް ބިން ކުއްޔަށް ދިނުމާއި ގުޅޭ

އިޢުލާން

  •  ވިޔަފާރި އަދި ސިނާއީ މަސައްކަތް ކުރުމަށް ބިން ކުއްޔަށް ދިނުމާއި ގުޅޭ

                   މިކައުންސިލާއި އިންވެގެންވާ 1159 އަކަފޫޓުގެ ބިން ވިޔަފާރި އަދި ސިނާއީ މަސައްކަތް ކުރުމަށް 10 (ދިހައެއް) އަހަރުދުވަހަށް ކުއްޔަށް ދިނުމަށް ކުރެވުނު އިޢުލާން ނަމްބަރ: (IUL)338-MS/338/2017/06 އާއި ގުޅިގެން އެކަށީގެންވާ ވަރަށް ބިޑް ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާޠިލްކޮށް މިބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

    މިބިން ކުއްޔަށް ދެވޭނެ އުސޫލުތައްހިމެނޭ ބިޑްފޮތް 02 މެއި 2017 ވާ އަންގާރަ ދުވަހުން ފެށިގެން 08 މެއި 2017 ވާ ހޯމަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އާއިދެމެދު މިކައުންސިލުން ލިބެންހުނާނެއެވެ. ބިޑް ފޮތެއްގެ އަގަކީ -/100 (އެއްސަތޭކަ ރުފިޔާ) އެވެ. އަދި ބިޑްފޮތް ބައްލަވާގަންނަވާ ފަރާތަކުން ތިރީގައި މިދަންނަވާ ތާރިޚްތަކަށް ސަމާލުވުމަށް ދަންނަވަމެވެ.

 

 

ތަން

ތާރީޚް

ދުވަސް

ގަޑި

ބިޑް މަޢުލޫމާތު ދިނުން

ކ.ގުރައިދޫ ކައުންސިލް އިދާރާ

09 މެއި 2017

އަންގާރަ

11:00

ބިޑް ހުށައެޅުން

ކ.ގުރައިދޫ ކައުންސިލްގެ އިދާރާ

14 މެއި 2017

އާދީއްތަ

11:00

މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާތިލްވާނެވާހަކަ ދަންނަވަމެވެ. އަދި ބިޑްފޮތް ބައްލަވާނުގަންނަވާ ފަރާތްތަކަށް ބިޑް މަޢުލޫމާތު ބައްދަލުވުމަށް ފުރުޞަތު ދެވެންނެތްވާހަކަ ދަންނަވަމެވެ. 

                 މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

30 އޭޕްރިލް 2017