ދިވެހިރާއްޖެ
ނަންބަރު:FNK-K(T)/FNK/IUL/2017/071
އިޢުލާން
އަލިފާންނިވާ ފުޅި ގަތުމާ ބެހޭ
ތިރީގައިވާ މަޢުލޫމާތާއި އެއްގޮތަށް މިކުންފުނީގެ ބުރާންޗްތަކަށް ބޭނުންވާ އަލިފާންނިވާފުޅި ގަތުމަށް ބޭނުންވެއެވެ.
|
Item |
Description |
Qty |
Units |
|
1 |
2Kg co2 Fire Extinguisher |
740 |
nos |
|
3 |
6KG D.C.P Fire Extinguisher |
444 |
nos |
|
4 |
09KGD.C.P Fire Extinguisher |
296 |
nos |
|
5 |
09Liters Foam Fire Extinguisher |
148 |
nos |
|
6 |
09Liters Water H20 Fire Extinguisher |
148 |
nos |
|
7 |
DCP 50Kg Trolley |
148 |
nos |
|
8 |
Foam 50Liters Trolley |
148 |
nos |
ނޯޓް:
1 އަލިފާންނިވި ވިއްކާ ފަރާތަކީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއިން އަލިފާނުން ރައްކާތެރިކޮށްދޭ ނިޒާމްތައް ޤާއިމްކޮށް އަދި އެތަކެތި ސާރވިސްކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރުމުގެ ހުއްދަ އޮތް ފަރާތަކަށް ވާން ޖެހޭނެއެވެ. އަދި ބިޑް ހުށައަޅާއިރު މި ލިޔުމުގެ ކޮޕީ ހުށައަޅަންވާނެއެވެ.
2 އަލިފާންނިވީގެ ބްރޭންޑްއަކީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީއިން އެޕްރޫވްކޮށްފައިވާ ބްރޭންޑްއަކަށް ވާންޖެހޭނެއެވެ.
3 1 އަހަރު ދުވަހުގެ ވޮރަންޓީއެއް މަދުވެގެން ދޭންވާނެއެވެ.
4 ސަޕްލައި ކުރާ ހުރިހާ އަލިފާން ނިވިއެއްގައި އިންސްޕެންޓް ކުރިކަމުގެ ލިޔުން ހަރުކުރެވިފައި ހުނަންވާނެއެވެ.
5 މި ކުންފުނީގެ ޕްރޮކިޔުމަންޓް ޕްލިސީގައިވާ ގޮތުން އެޑްވާންސް ފައިސާގެ ގޮތުގައި ދެވޭނީ ގިނަވެގެން 15 އިންސައްތައެވެ.
ބިޑް ހުށައަޅުއްވާ އިރު ސަމާލުކާންދޭންޖެހޭ ކަންތައްތައް:
1 އަގު
- އަގު ހުށައަޅުއްވަން ވާނީ ތިރީގައިވާ މި ކުންފުނީގެ ރީޖަންލް އޮފީސްތަކަށް ތަކެތި ސަޕްލައިކޮށްދެވޭނެއަގެވެ.
- ހއ.ދިއްދޫ
- ހދ.ކުޅުދުއްފުށި
- ށ.މިލަންދޫ
- ނ.ވެލިދޫ
- ރ.ހުޅުދުއްފާރު
- ބ. އޭދަފުށި
- ޅ.ނައިފަރު
- މ.މުލަކު
- ފ.ދަރަންބޫދޫ
- ދ.ކުޑަހުވަދޫ
- ތ.މަޑިފުށި
- ލ.ގަން
- ގއ.ވިލިގިލި
- ގދ.ތިނަދޫ
- ޏ.ފުވައްމުލައް
- އައްޑޫ ސީޓީ ހިތަދޫ
- އައްޑޫ ސިޓީ ހުޅުމީދޫ
2 ތަކެތި ސަޕްލައިކޮށް ދެވޭނެ މުއްދަތު:
- o ތަކެތި ސަޕްލައިކޮށް ދެވޭނެ މުއްދަތު ދޭންވަނީ "ދުވަހުންނެވެ".
- ތަކެތި ސަޕްލައިކޮށްދެވޭނެ މުއްދަތުގައި "އެކްސް ޓޮކް" ޖަހާފައި އޮތުމުން ބެލެވޭނީ އެންމެ ގިނަ މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކާއި އެއްވަރަށެވެ.
- އަދި ބީލަމުގައި މުދާ ފޯރުކޮށްދޭ މުއްދަތު ހުށަހެޅިފައިނުވާނަމަ މުއްދަތުގެ ގޮތުގައި ބެލެވޭނީ އެންމެ ގިނަ މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކާއި އެއްވަރަށެވެ.
3 އަގު ހުށައަޅުއްވަން ވާނީ ދިވެހި ރުފިޔާއިންނެވެ
4 ކޯޓޭޝަންގެ މުއްދަތު ހަމަވާ ތާރީހަކަށް މަދުވެގެން 60 ދުވަސް ދޭން ވާނެއެވެ.
5 ކުރެޑިޓް ޕީރިޔަޑް:
- ފައިސާ ދެއްކުމަށް "ކްރެޑިޓް ޕީރިޔަޓް" ދޭންވާނީ ދުވަހުން ނުވަތަ މަހުންނެވެ.
ހުށައަޅަންޖެހޭ ތަކެތި:
1 ކޮޓޭޝަން
2 ތަކެތި ސަޕްލައިކޮށް ދެވޭނެ މުއްދަތު: މުއްދަތު ދޭންވާނީ ދުވަހުންނެވެ.
3 ބިލަށް ފައިސާ ދައްކަންޖެހޭ މުއްދަތު: މުއްދަތު ދޭންވާނީ "ދުވަހުން ނުވަތަ މަހުން"
4 އަލިފާންނިވި ވިއްކާ ފަރާތަކީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއިން އަލިފާނުން ރައްކާތެރިކޮށްދޭ ނިޒާމްތައް ޤާއިމްކޮށް އަދި އެތަކެތި ސާރވިސްކޮށް ބެލެހެއްޓުމުގެ ލައިސަންސު / ސެޓިފިކެޓް ހުށައަޅުއްވަން ވާނެއެވެ.
5 ކުންފުނީގެ މަޢުލޫމާތު:
- ކުންފުނީގެ ޕްރޮފައިލް
- ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ
- ޖީ.އެސް.ޓީ ރަ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ
- ކުންފުނީގެ ފަރާތުން މުއާމަލާތު ކުރާނެ ފަރާތެއްގެ ނަންބަރު
އަންދާސީހިސާބުގައި ޕޮއިންޓްދެވޭ ގޮތް:
- އަގަށް (ދިވެހި ރުފިޔާ)50 ޕޮއިންޓް
ހުށަހެޅޭ އެންމެހެޔޮ އަގު / ހުށަހެޅި އަގު × 50
- ތަކެތި ފޯރުކޮށްދެވޭނެ މުއްދަތު (ދުވަސް) 30 ޕޮއިންޓް
ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު × 30
- ކުރެޑިޓް ޕީރިޔަޑް 20 ޕްއިންޓް
އަންދާސީހިސާބު ހުށަހަޅުއްވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
މެނޭޖިންގ ޑިރެކްޓަރ
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
އިޢުލާން ނަންބަރ:FNK-K(T)/FNK/IUL/2017/071
ޕޯރޓް ކޮމްޕްލެކްސް، 7ވަނަ ފަންގިފިލާ
ހިލާލީމަގު، މާފަންނު
މާލެ
ބިޑް ހުޅުވުމަށް ހަމަޖެހިފައި ވަނީ 2017 މެއި 04 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) އޮފީހުގެ ޖަލްސާ ކުރާ މާލަމުގައި މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޟިރުގައެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2017 މެއި 04 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަ ހެޅުއްވުން އެދެމެވެ.
ނޯޓް: މަޢުލޫމާތު ފުރިހަމަ ނޫން ބިޑްތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައި ބާޠިލުކުރުމުގެ އިޙްތިޔާރުވެސް މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި 3018260 ނަންބަރު ފޯނު މެދުވެރިކޮށް ޓެންޑަރ އެންޑް ފޮރިން ޕަރޗޭސް ސެކްސަންއަށެވެ. ނުވަތަ [email protected] އަށް މެއިލްގެ ޒަރީޔާއިންނެވެ.
04 ސައުބާން 1438
30 އެޕްރީލް 2017