ދިވެހިރާއްޖެ
އިޢުލާން
ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓް ހިންގުމަށް 5 އަހަރުގެ މުއްދަތަށް އޮފީސް ސެޓަޕެއް ހެދޭނެ ތަނެއް ކުއްޔަށް ހިފުމަށް ކުރެވުނު މިމިނިސްޓްރީގެ ނަންބަރު IUL)22-PU/1/2017/146) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާތިލް ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.
މިކަމަށް ހުށަހަޅާ އިމާރާތެއްގެ ޕްލޯގެ ބޮޑުމުނުގައި 2000 އަކަފޫޓާއި 2500 އަކަފޫޓާ އެމެދުގެ ބޮޑުމިން ހުރުމާއި ލިފްޓް،އޭސީ، ފާޚާނާ ހުރުން އަދި ވެލާނާގެއާއި ކައިރި ހިސާބަކުން ކުއްޔަށްދޭ ތަންތަނަށް އިސްކަންދެވޭނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 މެއި 04 ވަނަ ދުވަހުގެ 10:00 ށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަމްބަރު ފޯނާއެވެ.