ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 220-RPR/1/2013/104
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2013
ޕަބްލިޝްކުރި ގަޑި: 08:50
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ ޓެކްސްދައްކާ ފަރާތްތަކުގެ މަޢުލޫމާތު ބަދަލުވުން

ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 21 ވަނަ މާއްދާއާއި 23 ވަނަ މާއްދާގެ ދަށުން، މި އޮތޯރިޓީގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތެއް ބަދަލުވެއްޖެނަމަ، ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެކަމެއް މެދުވެރިވި ތާރީޚުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެކަން މި އޮތޯރިޓީއަށް އަންގަންޖެހެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން މިގޮތަށް ޢަމަލުކުރަމުން ނުދާކަން ވަނީ މި އޮތޯރިޓީއަށް ފާހަގަކުރެވިފައެވެ.

ވީމާ، ތިރީގައި ދަންނަވާފައިވާ ކަންކަމުގެ ތެރެއިން ކަމެއް މެދުވެރި ވެއްޖެނަމަ، MIRA101 ފޯމު ފުރިހަމަ ކުރެއްވުމަށްފަހު މި އޮތޯރިޓީއަށް އަންގަވަމުން ގެންދެވުން އެދެމެވެ.

  1. ޓެކްސް ދައްކާ ފަރާތުން އިތުރު ވިޔަފާރި ޙަރަކާތެއް ފެށުން.
  2. މީރާއަށް ފޯރުވައިދީފައިވާ، ޓެކްސް ދައްކާ ފަރާތުގެ މަޢުލޫމާތެއް ނުވަތަ އެ ފަރާތުން ހިންގާ ވިޔަފާރި ޙަރަކާތަކާ ގުޅޭ މަޢުލޫމާތެއް ބަދަލުވުން.
  3. ޓެކްސް ދައްކާ ފަރާތުން ޢައްޔަންކޮށްފައިވާ މަސްއޫލުވާ މީހާ ނުވަތަ އޭނާގެ މަޢުލޫމާތެއް ބަދަލުވުން.

MIRA101 ފޯމު މި އޮތޯރިޓީގެ ވެބްސައިޓް www.mira.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

01 ޛުލްޙިއްޖާ 1434            

06 އޮކްޓޫބަރު 2013