ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)418-AS/418/2017/26
ޕަބްލިޝްކުރި ތާރީޚް: 30 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 14:36
ސުންގަޑި: 06 މޭ 2017 23:59
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަގައިގެން ގެންދެވޭވަރުގެ ރުއްތައް ނެގުމާއިބެހޭ:

އިޢުލާން

ނަގައިގެން ގެންދެވޭވަރުގެ ރުއްތައް ނެގުމާއިބެހޭ:

ފުޓްބޯޅަ ދަނޑުގެ އިރުމަތިން ކުރިން ހިއްކި ސަރަޙައްދުގެ ހުޅަނގު ކޮޅުގައި ވެލި ނޭޅި އޮތް ސަރަޙައްދަކީ ވިއްސާރަ މޫސުމުގައި ފެންހެދި ޗަސްބިމެއްގެ ގޮތަށް އޮތް ސަރަހައްދަކެވެ. މި ސަރަޙައްދަށް އެޅޭ ވަރަށް ވެލި ނެތުމުގެ ސަބަބުން ބަނދަރުހެދި ދުވަސްވަރު ވެލި ނޭޅި އޮތުމާއިއެކު، މިހާރު ފުޓްބޯޅަ ދަނޑަށް ވެލި އަޅައި ބިން ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާތީ އެ މަސައްކަތްކުރުމުގެ ތެރެއިން ދަނޑުން ނަގާ ފަހާއި ވެލިފަދަ ތަކެތި މި ސަރަޙައްދަށް އަޅައި ބިން ހެޔޮވަރު ކުރުމަށް މި  ކައުންސިލުން ބޭނުންވެއެވެ.

ވީމާ، މި ދެންނެވި ސަރަޙައްދުގައި އެކި ފަރާތްތަކުން އިންދާ ހައްދާފައިވާ ހުރިހާ ރުއްތައް 06 މެއި 2017 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ނަގައި ނިންމުމަށް ޢާއްމުކޮށް އެންގީމެވެ. މި މުއްދަތުގެ ތެރޭގައި މި ސަރަޙައްދުން ނުނަގާ ހުންނަ ރުއްތަކަކީ ވެރިންނެތް ރުއްކަމުގައި ބަލައި އެ ރުއްތައް ނަގައި ނުވަތަ އެ ރުއްތަކާއެކީގައި އެ ސަރަޙައްދަށް ފަސްއެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މި ކައުންސިލުންވަނީ ނިންމާފައެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

04 ޝަޢުބާން 1438

30 އޭޕްރީލް 2017

30 އޭޕްރިލް 2017