މަސައްކަތް
ނަންބަރު: H-2017/98
ޕަބްލިޝްކުރި ތާރީޚް: 30 އެޕްރީލް 2017
ޕަބްލިޝްކުރި ގަޑި: 13:22
ސުންގަޑި: 09 މޭ 2017 11:30
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޖަނަރޭޓަރ ސެޓް، ޓްރާންސްފޯމަރ އަދި ކޭބަލް ރޯލު ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

 ދިވެހިރާއްޖެ                                                                                              

ނަންބަރ:H-2017/98

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދައުވަތު

 މިކުންފުނިން ދޭ މައުލޫމާތާއި އެއްގޮތަށް ރަށްތަކަށް ޖަނަރޭޓަރ ސެޓް، ޓްރާންސްފޯމަރ އަދި ކޭބަލް ރޯލު ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ.

މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން  2017 މޭ 04 ވާ (ބުރާސްފަތި) ދުވަހު 11:30 އަށް މިކުންފުނީގެ ހެޑްއޮފީސް، 2ވަނަ ފަންގިފިލާގެ ބައްދަލްކުރާ ކޮޓަރިއަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ.

މިޕްރޮޖެކްޓަށް ހުށަހެޅޭ ޕްރޮޕޯޒަލުތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:

ޕޮއިންޓް 70 އަގަށް:     

ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު × 70

ޕޮއިންޓް މުއްދަތު:20

ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު × 20

ތަޖުރިބާ: 10 ޕޮއިންޓް

މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.                       

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައިމިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ހެޑް އޮފް ޕްރޮކިއުމަންޓް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

އިޢުލާން ނަންބަރު:H-2017/98

ބިޑް ހުޅުވުން:ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2017 މޭ 09 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި ސްޓެލްކޯ ހެޑްއޮފީހުގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތައް އަންދާސީ ހިސާބު ހުށަހަޅުއްވާފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2017 މޭ 09 ވާ ބުރާސްފަތި ދުވަހުގެ 11:30އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

                         04 ޝަޢުބާން 1438

ނޯޓް:

  • މި އިޢުލާނާގުޅިގެން ބިޑް ކުރައްވާ ފަރާތްތަކުން މިކުންފުނީގެ ވެބް ސައިޓް www.stelco.com.mv   ގައި ޝާއިއުކުރެވިފައިވާ "ޓާމްސް އެންޑް ކޮންޑިޝަންސް" ގައި ބަޔާންކުރެވިފައިވާ ކަންތައްތަކަށް ސަމާލުކަންދެއްވައި ބިޑްކުރައްވާ އިރު އެކަންތައްތައް ފުރިހަމަކުރައްވަންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާތިލްކުރުމުގެ ފުރިހަމަ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް ދިމާވާނަމަ، އެމާއްދާގައި ބުނާފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް[email protected]   އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

                            30.04.2017                                                          

30 އެޕްރީލް 2017