ދިވެހިރާއްޖެ
ނަންބަރު: IUL-B/GS152/2017/14
އިޢުލާނު
މިސްކޫލުގެ އޮފީސް އިމާރާތުގެ އަސްކަނި ސީލިންގު ކުރުމާއި ދިޔަދޮވި ހަރުކުރުން
މިސްކޫލުގެ އޮފީސް އިމާރާތުގެ އަސްކަނި ސީލިންގު ކުރުމާއި ދިޔަދޮވި ހަރުކުރާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނުIUL-B/GS152/2017/13 (20 އޭޕްރީލް 2017) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާންވެސް ބާޠިލްކޮށް 3 ވަނަ ފަހަރަށް އެފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތައް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 މެއި 2017 ވާ އަންގާރަ ދުވަހުގެ 13:00 ށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 މެއި 2017 ވާ ހޯމަ ދުވަހުގެ 13:00 ށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހަޅުއްވާނީ މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ދޫކުރެވޭ ބީލަން ހުށަހަޅާ ފޯމުންނެވެ. ބީލަމަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ސިޓީ އަކާއިއެކު ފޮނުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
04 ޝައުބާން 1438
30 އޭޕްރީލް 2017