ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2017/108
ޕަބްލިޝްކުރި ތާރީޚް: 27 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 08:51
ސުންގަޑި: 04 މޭ 2017 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރެއް ބޭނުންވެއްޖެ

މަޤާމް :ސެކިއުރިޓީ އޮފިސަރ
ބޭނުންވާ އަދަދު :3

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައި މިވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް: ސެކިއުރިޓީ އޮފިސަރ

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް

ބޭނުންވާ އަދަދު:03 (ތިނެއް)

އަސާސީ މުސާރަ: މަހަކު -/3930  ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ އިން ކަނޑައަޅާ ތަނެއްގައި 

އެހެނިހެން ޢިނާޔަތްތައް:

* އިތުރު އެލަވަންސްގެ ގޮތުގައި މަހަކު -/1350 ރުފިޔާއާއި -/2400 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.

* އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.

* ވަޒީފާއާ ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތީން ޕެންޝަން ސްކީމުގައި ބައިވެރިކުރެވޭނެއެވެ.

 

މަޤާމުގެ މަސްއޫލިއްޔަތު:

* ޑިޕާޓްމަންޓުން ހަމަޖައްސާ ތަނެއްގެ ސެކިއުރިޓީ ބެލެހެއްޓުން 

ތަޢުލީމާއި ތަޖުރިބާ:

* ގްރޭޑް 8 ގެ ފެންވަރު ހުރުން ނުވަތަ އިނގިރޭސި ބަސް އަދި ދިވެހި ބަސް ލިޔަން ކިޔަން އެނގުން.

* އުމުރުން 18- 45 އަހަރާއި ދެމެދުގެ މީހެއްކަމުގައިވުން އަދި ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން.

* ފަޔަރ ފައިޓިންގ އަދި ފަސްޓް އެއިޑް ކޯހެއް ހަދާފައިވުން ނުވަތަ މަޤާމާ ގުޅޭ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. 

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2017 މޭ 4 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އެސްޓީއޯގެ ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.                                   

ނޯޓް:

  • ހުށަހަޅުއްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގައި އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.
  • މިމަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި، މަސައްކަތު ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކުސްލިބޭ ފަރާތެކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސްރިޕޯރޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ. 

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ، ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން:  3344272    ފެކްސް:  3344041   

ވެބްސައިޓް: www.sto.mv

 

                                                                                                                         

27 އޭޕްރިލް 2017

 

 

 

 

27 އޭޕްރިލް 2017