ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)142-C1/142/2017/8
ޕަބްލިޝްކުރި ތާރީޚް: 30 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 08:49
ސުންގަޑި: 09 މޭ 2017 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ތައްޔާރި ކޭމްޕް (ރަމަޟާން ކޭމްޕް) 2017

ތައްޔާރި ކޭމްޕް (ރަމަޟާން ކޭމްޕް) 2017

 

 ފާއިތުވި އަހަރެކޭވެސް އެއްފަދައިން 1438 ވަނަ އަހަރުގެ (މި އަހަރު) ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މި މިނިސްޓްރީގެ ފަރާތުން "ތައްޔާރީ ކޭމްޕް" (ރަމަޟާން ކޭމްޕް) ގެ ނަމުގައި އާންމުކޮށް ހުޅުވާލައިގެން 11 މޭ 2017 ވާ ބުރާސްފަތި ދުވަހު ވަރަށް ޚާއްސަ ކޭމްޕެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ކޭމްޕް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވަނީ 3 ސެޝަނަކަށް ބަހާލައިގެންނެވެ. މި ކޭމްޕްގެ މައިގަނޑު މަޤްސަދަކީ ދީނީގޮތުން ރަމަޟާންމަހަށް މީހާ ތައްޔާރު ކުރުވުމެވެ. އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ ކޭމްޕަކަށް ވުމުން މި ކޭމްޕްގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. ބައިވެރި ވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 09 މޭ 2017 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން ނަން ނޯޓް ކުރެއްވުން އެދެމެވެ. ނަން ނޯޓް ކުރެއްވުމަށް ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް، އައިޑީ ކާޑު ނަންބަރު ޖައްސަވާ 7684246 މި ނަންބަރަށް މެސެޖް ކުރެއްވުން އެދެމެވެ. ނުވަތަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ކައުންޓަރަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ރަސްމީ ގަޑީގައި މި މިނިސްޓްރީގެ 3020243 ، 3020256 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

04 ޝަޢުބާން 1438

30 އެޕްރީލް 2017

30 އޭޕްރިލް 2017