މަސައްކަތް
ނަންބަރު: (IUL)445-MS/445/2017/13
ޕަބްލިޝްކުރި ތާރީޚް: 23 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 21:15
ސުންގަޑި: 03 މޭ 2017 09:30
ފުވައްމުލަކު ދޫނޑިގަން ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދޫނޑިގަން އަވަށުގެ އެކި ސަރަޙައްދުތަކުގައި ހޮޅިދަނޑި ޖެހުމާއިބެހޭ.

          ދޫނޑިގަން އަވަށުގެ އެކި ސަރަޙައްދުތަކުގައި ހޮޅިދަނޑި ޖެހުމަށް ބޭނުންވެއެވެ.

          ވީމާ، ކޮންޓްރެކްޓް އުޞޫލުން މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން 03 މެއި 2017 ވާ ބުދަ ދުވަހު 09:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 08 މެއި 2017 ވާ ހޯމަ ދުވަހު 09:30 އަށް މިއިދާރާއަށް ވަޑައިގެން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. އެސްޓިމޭޓް ހުންނަންވާނީ ސިޓީއުރައަކަށްލައި ބަންދުކުރުމަށްފަހު ސިޓީ އުރައިގެ ބޭރުގައި "ދޫނޑިގަން އަވަށުގެ އެކި ސަރަޙައްދުތަކުގައި ހޮޅިދަނޑި ޖެހުން" މިގޮތަށް ޖަހާފައެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި، އެސްޓިމޭޓް ބަލައިގަތުން އޮންނާނީ ފުވައްމުލަކު ދޫނޑިގަން ކައުންސިލްގެ އިދާރާގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައި ނުގަންނަވާނެއެވެ.

                                26 ރަޖަބު 1438

23 އޭޕްރިލް 2017