މަސައްކަތް
ނަންބަރު: FNK-K(T)/FNK/IUL/2017/069
ޕަބްލިޝްކުރި ތާރީޚް: 27 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 17:20
ސުންގަޑި: 03 މޭ 2017 14:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ރ.ރަސްމާދޫގައި އަލަށް ޢިމާރާތްކުރާ އިންޖީނުގެއާ ގުޅޭ:

 

ނަންބަރ:FNK-K(T)/FNK/IUL/2017/069

 

 

އިޢުލާން

ރ.ރަސްމާދޫގައި އަލަށް ޢިމާރާތްކުރާ އިންޖީނުގެއާ ގުޅޭ:

 

      މިކުންފުނީގެ ރ.ރަސްމާދޫ އިންޖީނުގެ މިހާރުހުރިތަން ނޫން އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށްޓަކައި، ކުންފުނިންދޭ ކުރެހުމާއި، ބީއޯކިޔުއާ އެއްގޮތަށް އަމިއްލަ ތަކެތީގައި، އެމަސައްކަތް އެރަށުގައި ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 މެއި 03 ވާ ބުދަ ދުވަހުގެ 14:00 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ތ.ރަސްމާދޫ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 މެއި 10 ވާ ބުދަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ރ.ރަސްމާދޫ ބްރާންޗަށެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި ބިޑްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.   

 

                                01 ސަޢުބާން 1438

                             27  އެޕްރީލް 2017 

27 އޭޕްރިލް 2017