ދިވެހިރާއްޖެ
ފުޓްބޯޅަ އެސޯސިއޭޝަން އޮފްމޯލްޑިވްސް
މާލެ، ދިވެހިރާއްޖެ.
ނަންބަރު:FAM/IUL/2017/008
އިއުލާން
މިއެސޯސިއޭޝަން އިން އިންތިޒާމް ކޮއްގެން ކުރިއަށް ގެންދާ ޔޫތް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ހިމެނޭ ތިރީގައި ދަންނަވާފައިވާ ޔޫތު ނެޝަނަލް ޓީމް ކޯޗުން ބޭނުން ވެއްޖެއެވެ.
މުސާރަ: ދެފަރާތް މަޝްވަރާކުރުމަށް ފަހު އެއްބަސްވާ މުސާރައެއް.
* އަންޑަރ 14 ނެޝަނަލް ޓީމް. * އަންޑަރ 16 ނެޝަނަލް ޓީމް. * އަންޑަރ 19 ނެޝަނަލް ޓީމް.
1- ހެޑް ކޯޗް. 1- ހެޑް ކޯޗް. 1- ހެޑް ކޯޗް.
2- އެސިސްޓެންޓް ކޯޗް. 2- އެސިސްޓެންޓް ކޯޗް. 2- އެސިސްޓެންޓް ކޯޗް.
3- ގޯލް ކީޕަރ ކޯޗް. 3- ގޯލް ކީޕަރ ކޯޗް. 3- ގޯލް ކީޕަރ ކޯޗް.
މިގޮތުން މިޓީމްތަކަށް ހޮވޭ ކޯޗުންނަކީ އެޓީމްތަށް 2017 ވަނަ އަހަރު ކުޅެންޖެހޭ އެކިއެކި މުބާރާތްތަކަށް ޓީމް ތައްޔާރު ކުރުމަށްޓަކައި ފުލްޓައިމްކޮށް މަސައްކަތް ކުރަންޖެހޭ ކޯޗުންނެވެ. މިމަޤާމްތަކަށް އެދި ހުށަހަޅާ ފަރާތްތަކުގައި ތިރީގައި ބަޔާން ކޮއްފައިވާ ޝަރުތުތައް ހުންނަންވާނެއެވެ.
1- ދިވެއްސަކަވުން.
2- ހެޑް ކޯޗުން ދަށްވެގެން އޭ.އެފް.ސީ "ބީ" ސެޓިފިކެޓް ޙާސިލް ކޮއްފައިވުން. ހެޑް ކޯޗުން ދަށްވެގެން އޭ.އެފް.ސީ "ސީ" ސެޓިފިކެޓް ޙާސިލް ކޮއްފައިވުން. އަދި ގޯލް ކީޕަރު ކޯޗުން ގޯލްކީޕިންގް ސެޓިފިކެޓް ޙާސިލް ކޮއްފައިވުން ނުވަތަ އެފް.އޭ.އެމް އިން ރާވާހިންގާ މުބާރާތްތަކުގައި ގޯލް ކީޕަރު ކޯޗެއްގޮތުގައި އެކްޓިވްކޮއް މަސައްކަތް ކުރާތާ މަދުވެގެން 2 އަހަރުވުން.
3- ޔޫތް ފުޓްބޯޅަ ޓީމްތައް ތަމްރީން ކުރުމުގެ ޝައުގު ހުރުން.
މަތީގައި ދެންނެވީފައިވާ ޝަރުތުތައް ފުރިހަމަކޮށް 04 މޭ 2017 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން އެފަރާތެއްގެ ވަނަވަރާއި، ޝަރުތުތައް ހަމަވާކަން ދޭހަވާ ލިޔުންތަކާއި އެކު އެފް.އޭ.އެމް އަށް ހަށަހެޅުން އެދެމެވެ.
27 އޭޕްރީލް 2017