ކުއްޔަށް ދިނުން
ނަންބަރު: (IUL)RS/1/2017/1038
ޕަބްލިޝްކުރި ތާރީޚް: 27 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި:
03 މޭ 2017 11:00
ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކެންޓީނު ހިންގާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މި ސްކޫލުގެ ކެންޓީނު ހިންގާނެ ފަރާތެއް ހޯދަން ކުރި ނަންބަރ (IUL)RS/1/2017/1035 (13 އެޕްރީލް 2017) އިއުލާން ގުޅިގެން އަންދާސީ ހިސާބު ހުށައެޅުމަށް އެކަށީގެންވާ އަދަދައް މީހުން ހާޒިރުވެފާ ނުވާތީ، އެ އިޢުލާން ބާތިލުކޮށް އަލުން މި ސްކޫލުގެ ކެންޓީނު ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 މޭއި 03 ވާ ބުދަ ދުވަހުގެ 11:00 އަށް މިސްކޫލަށް ދުރުވެ، މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 2017 މެއި 08 ވާ ހޯމަ ދުވަހުގެ 11:00 އަށް މިސްކޫލަށް ދުރުވެ ޕުރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް ޕުރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
27 އޭޕްރިލް 2017