ދިވެހިރާއްޖެ
އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)ގެ އެހީގައި މިމިނިސްޓްރީ އިން ހިންގަމުންދާ މެރިކަލްޗަރ އެންޓަޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ލ. އިސްދޫގައި ހިންގުމަށް ހަމަޖެހިފައިވާ ހުއިފިލަނޑާ ބޮޑުކުރުމުގެ މަޝްރޫއަށް ތިރީގައި މިދަންނަވާ މަޤާމަށް ބޭފުޅަކު ހޯދުމަށް 12 އޭޕްރީލް 2017ކުރި އިޢުލާން ((IUL) 30-G/395/2017/1)އަށް ކުރިމަތިލާފައިވާ ފަރާތަކުން އިންޓަވިއުއިން އެއްވެސް ފަރާތެއް ހޮވިފައި ނުވާތީވެ، މިމަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
މަޤާމް: |
ކޮމިއުނިޓީ މޮބިލައިޒޭޝަން އޮފިސަރ |
ބޭނުންވާ އަދަދު: |
1 (އެކެއް) |
ސެކްޝަން: |
ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އައި.ޔޫ) |
||
މަސައްކަތް ކުރަންޖެހޭ ތަން: |
ލ. އިސްދޫ |
||
ވަޒީފާގެ މުއްދަތު: |
31 މާރޗް 2018 އާއި ހަމައަށް. |
||
މުސާރަ: |
7000.00 ރުފިޔާ ( ތަޢުލީމީ ފެންވަރު އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލާފައި) |
||
ޝަރުތު: |
1- ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތަށް ޝައުގުވެރިވުން |
||
2- ލ. އިސްދޫގައި ދިރިއުޅެމުންދާ ފަރާތަކަށްވުން |
|||
3- 18 އަހަރާއި – 35 އަހަރާއި ދެމެދުގެ މީހަކަށްވުން |
|||
4- ޖީ.ސީ.އީ އޯލެވެލް ނުވަތަ އެއާއި އެއްފެންވަރެއްގެ ސަނަދެއްލިބިފައިވުން (ގްރޭޑް 10 ނިންމާފައިވުން) |
|||
މަޤާމަށް މީހަކު ހޮވުމުގައި އިސްކަން ދެވޭނެކަންކަން |
|||
1- މާރޗް 2018 އާއި ހަމައަށް މަޝްރޫގެ މަސައްކަތުގައި ދެމިހުރެވޭ ފަދަ ފަރާތަކަށްވުން |
|||
2- މައިކްރޯ ސޮފްޓް އޮފީސްގެ އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން. |
|||
3- މޮނިޓަރިންގ މަޢުލޫމާތު ނަގަން އެގުމާއި ރިޕޯޓް ތައްޔާރުކުރެވޭ ފަދަ ފެންވަރުހުރުން |
|||
5- މޫދުގައި ގިނަ ވަގުތު ހޭދަކުރެވޭ ވަރުގެ ސިއްޙަތު ރަގަޅު ފަރާތަކަށްވުން |
|||
6- މީހުންނާއި އެކު ގުޅިގެން މަސައްކަތް ކުރުމަށް ގާބިލް ފަރާތަކަށްވުން. |
|||
ވަޒީފާގައި ކުރަން ޖެހޭ މަސައްކަތް: |
މިވަޒީފާގައި ކުރަންޖެހޭ މަސައްކަތުގެ ތަފްސީލް (ޓާރމްސް އޮފް ރިފަރެންސް) މިއިއުލާނާއި އެއްއުރަ ކުރެވިފައިވާނެއެވެ. |
||
އިތުރު މައުލޫމާތު ކައުންސިލްގެ އިދާރާއިންނާއި ޕީ.އައި.ޔޫއިން ލިބޭނެއެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް ރަސްމީގަޑީގައި 3341836 ފޯނަށް ގުޅުން ނުވަތަ ތިރީގައިވާ އެޑްރެހަށް އީމެއިލްކުރުން އެދެމެވެ. |
|||
ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި |
1- ވަޒީފާ އަށް އެދި ހުށަހަޅާ ސިޓީ |
||
2- ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު |
|||
3- ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އަސްލާ އެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާ ސޮއިކޮށްފަ) |
|||
4- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރިކަމުގެ ލިޔުން |
|||
5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ |
މަތީގައި ދެންނެވިފައިވާ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ސިޓީ ލ. އިސްދޫ ކައުންސިލުގެ ރައީސަށް އެޑްރެސްކޮށް، 03 މެއި 2017 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން އެކައުންސިލުގެ އިދާރާއަށް ފޮނުވުން އެދެމެވެ.
މިވަޒީފާއަށް އެދޭ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު އަށް ގެނެވޭނީ ޝޯޓްލިސްޓްވާ ފަރާތްތައް އެކަނިކަން މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ގާއިމް ކުރެވޭ ހެޗަރީގެ މަސައްކަތް މޮނިޓަރކުރުމަށް ޓަކައި ނެގުމަށް ހަމަޖެހިފައިވާ ކޮމިޔުނިޓީ މޮބިލައިޒޭޝަން އޮފިސަރގެ ޓަރމްސް އޮފް ރިފަރެންސް
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއާއި އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)އާ ގުޅިގެން ހިންގާ "މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭއަށް މެރިކަލްޗަރ ސިނާޢަތެއް ތަޢާރަފުކޮށް އެސިނާޢަތް ތަރައްޤީކުރުމަށް މަގުފަހިކުރުމާއި، މެރިކަލްޗަރގެ މަސައްކަތްތަކުން ރައްޔިތުންނަށް އާމްދަނީ ލިއްބައިދިނުމެވެ. މި މަޤްޞަދު ހާސިލުކުރުމަށްޓަކައި މަޝްރޫއިން ހިންގާ އެންމެ މުހިއްމު އެއްހަރަކާތަކީ މިނިސްޓްރީއާއި އަމިއްލަ ފަރާތްތަކާ ގުޅިގެން ހުއިފިލަނޑާ އާލާކުރުމެވެ.
މިގޮތުން، އަޖުމަ ބެލުމުގެ ގޮތުން ހުއިފިލަނޑާ ބޮޑުކުރުކުގެ މަސައްކަތް ލ. ދަނބިދޫއާއި ލ. ކަލައިދޫގައި ފެށުމަށްފަހު ލ.އިސްދޫގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. ލ. ދަނބިދޫއާއި ލ. ކަލައިދޫގައި މި މަސައްކަތް ކުރުމަށް ފުރުސަތު ދެވިފައިވަނީ 50 ފަރާތަކަށެވެ. ހަމަ އެފަދައިން ލ. އިސްދޫގައިވެސް މި މަސައްކަތް ކުރުމަށް 50 ފަރާތަކަށް ފުރުސަތު ދެވިފައިވެއެވެ. މިގޮތުން ލ. އިސްދޫގައި މި ފުރުސަތު ދެވޭ ފަރާތްތައް މަސައްކަތް ކުރާ ގޮތް ރަށު ކައުންސިލާ ގުޅިގެން ގަވާއިދުން ބެލުމަށްޓަކައި، ލ.އިސްދޫއިން ވަގުތީ ކޮމިޔުނިޓީ މޮބިލައިޒޭޝަން އޮފިސަރއެއް ތިރީގައިވާ ގޮތުގެ މަތިން ނެގުމަށް ވަނީ ހަމަޖެހިފައެވެ.
މަގާމު: ކޮމިޔުނިޓީ މޮބިލައިޒޭޝަން އޮފިސަރ
މަސައްކަތް ކުރަންޖެހޭ ތަން: ލ. އިސްދޫ
މުސާރަ: 7000 ރުފިޔާ (މަހަކު)
މުއްދަތު: 31 މާރޗް 2018
ކޮމިޔުނިޓީ މޮބިލައިޒޭޝަން އޮފިސަރގެ މަގާމުގެ ޝަރުތުތަކަކީ:
1- ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތަށް ޝައުގުވެރިވުން
2- ލ. އިސްދޫގައި ދިރިއުޅެމުންދާ ފަރާތަކަށްވުން
3- 18 އަހަރާއި – 35 އަހަރާއި ދެމެދުގެ މީހަކަށްވުން
4- ޖީ.ސީ.އީ އޯލެވެލް ނުވަތަ އެއާއި އެއްފެންވަރެއްގެ ސަނަދެއްލިބިފައިވުން (ގްރޭޑް 10 ނިންމާފައިވުން)
މަޤާމަށް މީހަކު ހޮވުމުގައި އިސްކަން ދެވޭނެކަންކަން
1- މާރޗް 2018 އާއި ހަމައަށް މަޝްރޫގެ މަސައްކަތުގައި ދެމިހުރެވޭ ފަދަ ފަރާތަކަށްވުން
2- މައިކްރޯ ސޮފްޓް އޮފީސްގެ އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
3- މޮނިޓަރިންގ މަޢުލޫމާތު ނަގަން އެގުމާއި ރިޕޯޓް ތައްޔާރުކުރެވޭ ފަދަ ފެންވަރުހުރުން
1- މޫދުގައި ގިނަ ވަގުތު ހޭދަކުރެވޭ ވަރުގެ ސިއްޙަތު ރަގަޅު ފަރާތަކަށްވުން
2- މީހުންނާއި އެކު ގުޅިގެން މަސައްކަތް ކުރުމަށް ގާބިލް ފަރާތަކަށްވުން.
ކޮމިޔުނިޓީ މޮބިލައިޒޭޝަން އޮފިސަރގެ މަގާމުގެ މައްސޫލިޔަތު:
- ވަޒީފާ އަދާކުރަން ފަށާއިރު ޕްރޮޖެކްޓުން ކަނޑައަޅާ ތަނެއްގައި ދެހަފްތާގެ ތަމްރީނެއް ފުރިހަމަކުރުން.
- މިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓާއި ބަރަކަތުލް ބަހުރު ކުންފުނިން ދޭ އިރުޝާދާ އެއްގޮތަށް މަސައްކަތްކުރުން.
- ހުއިފިލަނޑާ ކޮށިތައް އެޅުމުގައި އަމަލީގޮތުން ކޮށިތަކުގެ ވެރިފަރާތް ބައިވެރިވޭތޯ ބަލާ އަދި ކަނޑައެޅިފައިވާ މުއްދަތަށް ކޮށި އަޅާ ނިންމުމަށް ބާރުއެޅުވުން.
- ހުއިފިލަނޑާ ބޮޑުކުރާ ކޮށިތަކުގެ ހާލަތު ކޮންމެ ދުވަހަކު ގަވައިދުން ބަލާ، ފާހަގަވާ ރަނގަޅު އަދި ނުރަނގަޅު ކަންތައްތައް ކޮންމެ ދުވަހަކު ލިސްޓުކޮށް ރިކޯޑްބެލެހެއްޓުމަށްފަހު، ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓާއި ގަވައިދުން ހިއްސާކުރުން. ގަވައިދުން ރިކޯޑް ބަލަހައްޓާ އިރު ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓްގެ އިރުޝާދުގެ މަތިން ބަލަންޖެހޭ ކަންތައްތަށް (ކޮށި ސާފުކުރާ މިންވަރު، ހުއިފިލަނޑާއަށް ރަނގަޅަށް ކާންދޭތޯ އަދި އެހެނިހެން ކަންތައްތައް) ލިސްޓުކޮށް ރިކޯޑް ބެލެހެއްޓުން. އަދި ކޮށީގެ ހާލަތާއި ބެހޭގޮތުން މަހަކު އެއްފަހަރު ތައްޔާރު ކުރަންޖެހޭ ރިޕޯރޓުތައް ތައްޔާރުކޮށް ހުށައެޅުން.
- ކޮށްޓާ ހަވާލުވާ ފަރާތުން ލަނޑާއަށް ގަވާއިދުން ކާން ދޭތޯ އާއި ކޮށި ސާފު ކުރޭތޯއާއި ހުއި ފިލަނޑާ ބޮޑުކުރުމުގައި ކުރަންޖެހޭ އެހެން މަސައްކަތްތައް ކުރޭތޯ ގަވައިދުން ބެލުމާއި މަސައްކަތްތަކަށް އެކަށީގެންވާ ވަގުތު ހޭދަކުރޭތޯ ގަވައިދުން ބެލުން.
- ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ކުރިއަށް ދާގޮތުގެ ރިޕޯޓް އަދި މޮނީޓަރިން ރިޕޯރޓްތައް މިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓަށް ކޮންމެ މަހަކު ފޮނުވުން. މަހަކު އެއްފަހަރު ތައްޔާރު ކުރާ ރިޕޯރޓްތައް ތައްޔާރު ކުރާނީ ކޮންމެ ދުވަހަކު ގަވައިދުން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު ފާހަގަ ކުރެވިފައިވާ ކަންތައްތަކަށް ބިނާކޮށެވެ.
- ކޮށީގެ ވެރިފަރާތް ތަކާއި ރަށު ކައުންސިލްއާއި އެކު މަހަކު އެއްފަހަރު ބައްދަލު ވުމެއް ބާއްވާ، ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަށް މިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓަށް އަންގާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ލ.އިސްދޫގެ އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތް ކުރުން.