ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
އަނގޮޅިތީމު، ދިވެހިރާއްޖެ
Secretariat of the Angolhitheem Council, North Maalhosmadulu
Angolhitheem, Repub
lic of maldives
ނަންބަރު: (IUL)301-PN/301/2017/20 |
އިކޮނޮމިކް، ޝޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް |
އިޢްލާނު
މަގާއި ގޯޅިތައް ހެދުމަށްޓަކައި ނަގަންޖެހޭ ރުއްގަސްތަކުގެ ބަދަލު ހަމަޖެއްސުން:
މަގުތަކާއި ގޯޅިތައް ހެދުމުގެ ގޮތުން އެމަގުތަކާއި ގޯޅިތަކުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް ބޭނުންވެއްޖެއެވެ. މިހެންކަމުން ތިރީގައި މިދަންނަވާ މަގުތަކާއި ގޯޅިތަކުގައި ހުރި ރުއްތަކާއި ގަސްތަކުގައި ކަޅުކުލައިގެ ސްޕްރޭ އިން 1 އިން 161 އަށް ނަންބަރު ޖަހާފައިވާނެއެވެ. އަދި އޯކިޑްމަގުގައި ނުހަދައި އޮތް ބައިގާ ހުރި ރުއްގަހުގައި ވަނީ ނަންބަރު ނުޖަހައެވެ. މިމަގުގައި ފޫނުދުއްވާ ބަޔަކީ ވަލުތެރެކަމުން މިބައިގާވާ ރުއްގަސްތައް ނޯޓް ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދާނީ މަގު ސާފުކުރަމުންދާއިރުގައެވެ.
ވީމާ، މިރުއްތަކާއި ގަސްތަކުގެ ވެރިން އެ ރުއްގަހުގައި ޖަހާފައިވާ ނަންބަރާއި މިލްކު ސާބިތުކުރި ފަތުގެ އަޞްލާއިއެކު 03 މެއި 2017 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
ü ލިލީމަގު
ü ހެލްތު ސެންޓަރގެ އިރުމަތިން އަލަށް ހެދޭ ގޯޅި
ü ސްޕޯޓްސް އެރީނާގެ އިރުމަތި މަގު ކުނިކޮށީގެ އިރުމަތި މަގު
ü ކަރަންކާ ގޯޅި
ü ނަސީމީހިޔާ ގޯޅި
ü ބަހާރީ ގޯޅި
ü ފަރީދީ މަގު
ü އޭވައިސީ ގެ އިދާރާގެ ކަންމަތިން ހުޅަނގަށް ހަދާމަގު
ނޯޓް: މިއިޢްލާނާއިއެކު މަގުތައް އެނގޭނެ ޗާޓް ހިމެނީމެވެ. މިކަމާގުޅޭ ގޮތުން އިތުރަށް ސާފުކުރުމަށް ބޭނުންވާ މަޢްލޫމާތެއްވާނަމަ ރައީސް ޤާސިމް ޙުސައިން ( މޮބައިލް ނަންބަރު: 7750001 ) އާއި ބައްދަލު ކުރެއްވުން އެދެމެވެ.
01 ޝަޢްބާން 1438
27 އެޕްރީލު 2017