ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މިހޮސްޕިޓަލްގައި މަސައްކަތް ކުރެއްވުމަށް ޝަވްޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ
މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝަޢުޤުވެރިކަން ހުރި ޤާބިލް ފަރާތެކެވެ
ސްޓޯރކީޕަރ |
މަޤާމް: |
J-281834 |
މަޤާމުގެ ނަންބަރު: |
01 |
ބޭނުންވާ ޢަދަދު: |
ސަޕޯރޓް ސަރވިސް |
މަޤާމުގެ ގިންތި: |
ޖީ އެސް 3 |
މަޤާމުގެ ރޭންކް: |
އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
ބަޖެޓް އެންޑް ފައިނޭންސް |
ސެކްޝަން: |
ޅ. އަތޮޅު ހޮސްޕިޓަލް |
މަޤާމް އޮތް އޮފީސް: |
ޅ. އަތޮޅު ހޮސްޕިޓަލް |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
4465.00 |
މުސާރަ: |
1500.00 |
ސާރވިސް އެލަވަންސް: |
1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާ 2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިޔުޝަން. 3- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. 4- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުގެ ޑިޔުޓީ އެލަވަންސް އަދި ރިސްކް އެލަވަންސް. |
އިތުރު ޢިނާޔަތް: |
- ހޮސްޕިޓަލްގެ މަސައްކަތްތަކަށް ބޭނުންވާ ސްޓޮކްއާއި ގުޅުންހުރި ތަކެތި ކަނޑައެޅިފައވާ ޤަވާޢިދުތަކާއި އެއްގޮތަށް ހޯދާ ބެލެހެއްޓުން. - ހޮސްޕިޓަލްގެ އިންވެންޓްރީ ބެލެހެއްޓުން. - ސްޓޮކްގެ ހިސާބުތައް ދުވަހުން ދުވަހަށް ބެލެހެއްޓުމާއި ރިޕޯރޓްތައް ތައްޔާރުކުރުން. - ސެކްޝަންތަކުން އެދޭ ތަކެތި ދުވަހުން ދުވަހަށް ސެކްޝަންތަކަށް ދޫކޮށް ސޮއިކޮށް ފޯމްތައް ފުރިހަމަކޮށް ފައިލްކުރުން. - ހޮސްޕިޓަލަށް ހޯދޭ ނުވަތަ އެކިއެކި ފަރާތްތަކުން ފޮނުވާ ތަކެތި ބަލައިގަނެ ޑެލިވަރީ ފޯމް، ނުވަތަ ގުޑްސް ރިސީވް ފޯމް ފުރިހަމަކޮށް ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން. - އެކިއެކި ފަރާތްތަކުން ހޮސްޕިޓަލަށް ފޮނުވާތަކެތި ހޮސްޕިޓަލަށް ގެނައުމާއި އަދި ހޮސްޕިޓަލުން އެކި ތަންތަނަށް ފޮނުވަންޖެހޭ ތަކެތި ޤަވާޢިދުން ފޮނުވަމުން ގެންދިއުން. |
މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބްތައް: |
- ޕްރޮކިއުމަންޓް، އިކޮނޮމިކްސް، ލޮޖިސްޓިކް މެނޭޖްމަންޓް، އެސެޓް މެނޭޖްމަންޓް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، އޭ.ސީ.ސީ.އޭ، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ސްޓޮކް މެނޭޖްމަންޓް ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ޕްރޮކިއުމަންޓް، އިކޮނޮމިކްސް، ލޮޖިސްޓިކް މެނޭޖްމަންޓް، އެސެޓް މެނޭޖްމަންޓް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، އޭ.ސީ.ސީ.އޭ، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ސްޓޮކް މެނޭޖްމަންޓް ގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ - ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި " ދިވެހި " މި މާއްދާއިން ދަށްވެގެން " ސީ " ގްރޭޑް ލިބިފައިވުން.
|
މަޤާމުގެ ޝަރުތު: |
- ލިބިފައިވާ ތަޢުލީމާ ތަމްރީން: %38 - އިމްތިހާން: %5 - ލިބިފައިވާ މަސައްކަތުގެ ތަޖްރިބާ: - ލިބިފައިވާ ހުނަރު ( އިންޓަރވިއު ): %43
|
ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް. |
1- މަޢްލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަން ފޯމް ޅ. އަތޮޅު ހޮސްޕިޓަލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަންގެ ވެބްސައިޓުން www.csc.gov.mvޑައުންލޯޑް ކުރެވޭނެއެވެ. ) 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯން ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް ) 3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް އެނގޭ ފަދަ ކޮޕީއެއް. 4- ސިވިލްސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢްތިރާޟެއްނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ ލިޔުން. 5- ލިބިފައިވާ ހުރިހާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ: (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. ( ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢްލީމްދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢްލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރެވިފައިވާ ލިޔުމުގެ ކޮޕީ ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢްލީމްދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ (ނ) ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. 6- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. 7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަންގައި ދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ. 8- މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އެވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
ވަޒީފާއަށް އެދޭ ފޯމް ޅ. އަތޮޅު ހޮސްޕިޓަލްގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުން www.csc.gov.mv މިފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 މެއި 2017 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ޅ. އަތޮޅު ހޮސްޕިޓަލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ މެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ މެއިލް އެޑްރެހަކީ [email protected] އެވެ. ފެކްސް ނަމްބަރަކީ 6620247 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 19 މެއި 2017 އިން 31 މެއި 2017 އާއި ދެމެދި ޅ. އަތޮޅު ހޮސްޕިޓަލްގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުން ، އެ ތާރީޚްތަކުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު: |
މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށް ވުރެ ގިނަނަމަ، ތަޢްލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
ޝޯޓްލިސްޓް ކުރުން: |
މި މަޤާމަށް އައްޔަން ކުރުމަށް ވަޒީފާއަށް އެދި ފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާރކްސް ގެ ޖުމްލަ އިންސައްތަ %30 ( ތިރީސް އިންސައްތަ ) އަށް ވުރެ މަތިވާން ޖެހޭނެއެވެ. |
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: |
މި އިޢުލާނާ ގުޅިގެން މަޢްލޫމާތު ސާފްކުރުމަށް ގުޅާނީ 6620048 ނަމްބަރ ފޯނާއެވެ. ފެކްސް ނަމްބަރަކީ 6620247 އެވެ. އީ މެއިލް ކުރައްވާނީ [email protected] އަށެވެ.
|
އިތުރު މަޢްލޫމާތު ހޯދުން: |
01 ޝަޢުބާން 1438
27 އެޕްރީލް 2017