ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތު
މާލެ، ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ. |
|
މަޤާމު |
ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސް |
މަޤާމުގެ ނަންބަރު |
J-251733 |
ބޭނުންވާ އަދަދު |
01 (އެކެއް) |
ކޮންޓްރެކްޓްގެ މުއްދަތު |
5 އަހަރު ދުވަސް |
މަޤާމުގެ ރޭންކް |
އީ.އެކްސް.6 |
މަޤާމުގެ ކްލެސިފިކޭޝަން |
ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސް |
މަޤާމު އޮތް އޮފީސް |
މިނިސްޓްރީ އޮފް ހެލްތު |
ވަޒީފާ އަދާކުރަންޖެހޭ ތަން |
މިނިސްޓްރީ އޮފް ހެލްތު |
މުސާރަ |
-/17420 ރުފިޔާ |
ޓެނުއަރޝިޕް އެލަވަންސް |
-/14500 ރުފިޔާ |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
ރާއްޖޭގެ ޞިއްޙީ ސިޔާސަތު ހޮވުމުގައި ޓެކްނިކަލް ރޮގުގައި ޓެކްނިކަލް ރޮގުން ސަރުކާރުގެ އެކިއެކި ފަރާތްތަކަށް ލަފާދިނުމާއި އާންމު ޞިއްޙަތު ކުރިއެރުވުމާއި ބަލިތަކުން ރައްކާތެރިވުމަށް އަޅާނެ ފިޔަވަޅުތަކާއި ޞިއްޙީ ރަގަޅު އާދަތަކަށް މީހުން އަހުލުވެރިކުރުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތަކަށް ލަފާދިނުމާއި ޞިއްޙީ ޚިދުމަތްދޭ ތަންތަން ރެޖިއުލޭޓްރީ ކުރުމުގައި މަޝްވަރާ އާއި ލަފާދިނުން. |
މަޤާމުގެ ޝަރުތުތައް |
1- އެމްބީބީއެސް ޙާޞިލް ކޮށްފައިވުމާއި، ޙާޞިލްކޮށްފައިވާ ޑިގްރީއަކީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 އަށް ފެތޭ ، ޓީޗިންގ ހޮސްޕިޓަލެއްގައި 1 އަހަރު ދުވަހުގެ އިންޓަރންޝިޕް ފުރިހަމަކުރައްވާފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ގައި ރަޖިސްޓްރީ ވެފައިވުމާއެކު، ޞިއްޙީ ދާއިރާއަކުން ޕޯސްޓްގްރެޖުއޭޓް ޑިގްރީއެއް ހާޞިލް ކޮށްފައިވުން އަދި އެމްބީބީއެސް ފުރިހަމަ ކުރުމަށްފަހު ކްލިނިކަލް/ ޓެކްނިކަލް ދާއިރާގައި ފުލްޓައިމް ވަޒީފާއެއްގައި މަސައްކަތްކޮށް މަދުވެގެން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ 2- އެމްބީބީއެސް ޙާޞިލް ކޮށްފައިވުމާއި، ޙާޞިލްކޮށްފައިވާ ޑިގްރީއަކީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 އަށް ފެތޭ ، މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ، ޓީޗިންގ ހޮސްޕިޓަލެއްގައި 1 އަހަރު ދުވަހުގެ އިންޓަރންޝިޕް ފުރިހަމަކުރައްވާފައިވުމާއެކު، މެޑިކަލް ދާއިރާއަކުން 3 އަހަރު ދުވަހަށްވުރެ ކުރުނޫން ޕޯސްޓްގްރެޖުއޭޓް ޑިގްރީއެއް ހާޞިލް ކޮށްފައިވުން އަދި އެމްބީބީއެސް ފުރިހަމަ ކުރުމަށްފަހު ކްލިނިކަލް/ ޓެކްނިކަލް ދާއިރާގައި ފުލްޓައިމް ވަޒީފާއެއްގައި މަސައްކަތްކޮށް މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން |
ޕްރެޒެންޓޭޝަން ހުށަހެޅުން |
މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން ޕްރެޒެންޓޭޝަންއެއް ހުށަހަޅަންވާނެއެވެ.
|
ޕްރެޒެންޓޭޝަންގައި ހިމަނަންޖެހޭނެ ބައިތައް |
|
ރެސްޓްރިކްޝަން |
މިމަގާމަށް ކުރިލައްވާ އެއްވެސް ފަރާތަކަށް ޕްރައިވެޓް ޕްރެކްޓިކްސް ނުކުރެވޭނެއެވެ. |
އިތުރު އިނާޔަތްތައް |
|
ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް |
6.ޑޮކްޓަރީ ރޮނގުން އަހުލުވެރިވެފައިވާ މިންވަރު |
ހުށަހަޅަންޖެހޭ ލިޔުންތައް |
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 6.ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 7.ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ. 8.މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއްއަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ ވަޒީފާއަދާކުރިމުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންހޭ ތަކެތި ހުށަހަޅާނީ 09 މެއި 2017 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރަށެވެ.
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. |
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު |
2017 ވަނަ އަހަރުގެ މެއި މަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) ގައި. |
ޝޯޓް ލިސްޓް ކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014437 ނަންބަރު ފޯނަށެވެ. |