ދިވެހިރާއްޖެ
ނަންބަރު:MNU-CA-FNP/2017/025
އިޢުލާން
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ސެކިއުރިޓީ ކެމެރާ ގަންނަން ބޭނުންވެގެން ކުރި އިޢުލާން ނަންބަރ MNU-CA-FNP/2017/24 ގައިވާ އައިޓަމްތަކުގެ ސްޕެސިފިކޭޝަނަށް ބަދަލު އައިސްފައިވާތީ އެއިޢުލާން ބާތިލްކޮށް އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލައިފީމެވެ.
ވީމާ، މި ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 އޭޕްރިލް 30 ވާ އާދީއްތަ ދުވަހުގެ 10:30 އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 މެއި 03 ވާ ބުދަ ދުވަހުގެ 10:30 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރަން އޮންނަގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
28 ރަޖަބު 1438
25 އޭޕްރިލް 2017