ދިވެހިރާއްޖެ
a
މާލެއަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓް
ކ.ތުލުސްދޫ، ދިވެހިރާއްޖެ
ނަންބަރު:H4C-A/IUL/2017/04
އިއުލާން
މެޖިސްޓްރޭޓް ކޯޓުތަކަށް ބޭނުންވާ ތަކެތި ހޯދުމާއިބެހޭ
މިއަތޮޅުގެ 09 ރަށުގެ މެޖިސްޓްރޭޓް ކޯޓުތަކަށް މިދަންނަވާ ތަކެތި ގަންނަން ބޭނުންވެއެވެ.
- އޮފީސް ސާމާނު އަދި ސްޓޭޝަނަރީޒް
- ސާފުކުރާ ސާމާނު
މިތަކެތި ހޯއްދަވައިދެއްވުމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކުން 10 މެއި 2017 ވަނަ ދުވަހު 12:30 އަށް މިކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭންނުންނަމަ 17 މެއި 2017 ވާބުރާސްފަތި ދުވަހުގެ 13:00 ކުރިން 6640338/6640342 ނަންބަރާ ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި ތިރީގައިވާ ގޮތުގެ މަތިން އަންދާސީ ހިސާބް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
އަންދާސީ ހިސާބް ހުށަހަޅާ ތާރީޙް: 18 މެއި 2017
އަންދާސީ ހިސާބް ހުށަހަޅާ ގަޑި: 12:30
އަންދާސީ ހިސާބު ހުށަހަޅަންޖެހޭތަން: ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓް
28 ރަޖަބު 1438
25 އޭޕްރީލް 2017