މަސައްކަތް
ނަންބަރު: (IUL)13-K/13/2017/78
ޕަބްލިޝްކުރި ތާރީޚް: 25 އެޕްރީލް 2017
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި: 14 މޭ 2017 13:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
15 ރަށެއްގެ ނަރުދަމާ މަޝްރޫޢަށް ބޭނުންވާ ޔޫ.ޕީ.ވީ.ސީ ޕައިޕް އަދި އެކްސަސަރީސް ސަޕްލައިކޮށް ޑެލިވާ ކޮށްދޭނެ ފަރާތްތައް ޕްރީކޮލިފައިކުރުމާއި ބެހޭ

 

               ޕްރީކޮލިފިކޭޝަނަށް ހުށަހެޅުމުގެ ދަޢުވަތު            

15 ރަށެއްގެ ނަރުދަމާ މަޝްރޫޢަށް ބޭނުންވާ ޔޫ.ޕީ.ވީ.ސީ ޕައިޕް އަދި އެކްސަސަރީސް ސަޕްލައިކޮށް ޑެލިވާ ކޮށްދޭނެ ފަރާތްތައް ޕްރީކޮލިފައިކުރުމާއި ބެހޭ

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެދިލެއްވުމުގެ މަތިން 15 ރަށެއްގައި (ހއ.އުތީމު، ނ.ލަންދޫ، ރ.މާކުރަތު، ރ.ރަސްމާދޫ،  ކ.ކާށިދޫ، އދ.ހަންޏާމީދޫ، އދ.އޮމަދޫ، ފ.ފީއަލި، ލ.މާވަށު، ފ.ބިލެއްދޫ، ރ.އިންނަމާދޫ، ށ.ފީވަކު،  ގއ. ގެމަނަފުށި، ގދ. މަޑަވެލީ  އަދި ހއ. ބާރަށް ) ނަރުދަމާ މަޝްރޫޢަށް ބޭނުންވާ ޔޫ.ޕީ.ވީ.ސީ ޕައިޕް އަދި އެކްސަސަރީސް ސަޕްލައިކޮށް ޑެލިވާ ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނަށް IUL)13-K/13/2017/61) އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، މި މަސައްކަތްކޮށްދޭނެ ފަރާތެއް ޕްރީކޮލިފައިކުރުމަށްޓަކައި، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރިކޮލިފިކޭޝަން ޑޮކިޔުމަންޓް ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް  އަލުން ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވުމަށް -/500 (ފަސްސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 26 އެޕްރީލު 2017 އިން 14 މޭ 2017 އަށް،  ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:00 އަށް މި މިނިސްޓްރީންނެވެ. ޕްރިކޮލިފިކޭޝަން ޑޮކިޔުމަންޓް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ޕްރީ-ކޮލިފިކޭޝަން ބީލަން ހުޅުވުން އޮންނާނީ 15 މޭ 2017 ވާ ހޯމަ ދުވަހުގެ 11:00 ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރ އެންޑް ޕްރޮޖެކްޓް މޮނިޓަރިންގގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ އެންޑް ޕްރޮޖެކްޓް މޮނިޓަރިންގ،

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން  : 3349296 3349115

އީމެއިލް : [email protected]

ކޮޕީ  : [email protected]

25 އެޕްރީލް 2017