ދިވެހިރާއްޖެ
﷽
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ތ.ތިމަރަފުށި، ދިވެހިރާއްޖެ
ނަންބަރ: B-391/IUL /2017/6
އިޢުލާން
ރައްޔިތުންގެ 4 އިމާރާތާއި ގޯތި ދިގުމުއްދަތައް ކުއްޔަށް ދޫކުރުން :
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ 2017 ވަނަ އަހަރުގެ 5 ވަނަ ކައުންސިލް ބައްދަލުވުމުން ނިންމާފައިވަނީ، ތިމަރަފުށި ރައްޔިތުންގެ 4 އިމާރާތް ކަމުގައިވާ ވައިޖެހޭގެ، ރައްވެހިގެ، ބާއިންޖީނުގެ އަދި ކާޑުގޭގެ އިމާރާތާއި ގޯތި 25 އަހަރު ދުވަހަށް އެންމެ ބޮޑު އަގެއް ހުށައަޅާ ފަރާތަކަށް ކުއްޔަށް ދިނުމަށެވެ.
އިމާރާތާއި ގޯތި ދިގުމުއްދަތައް ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން 2 މެއި 2017 ދުވަހުގެ 13:00 ގައި އޮންނާނެއެވެ. ބިޑް ހުށައެޅުން އޮންނާނީ 15 މެއި 2017 ވަނަ ދުވަހުގެ 13:00 ގައެވެ.
މަޢުލޫމާތު ސާފްކުރުމަށް ނުދުރުވާ ފަރާތްތަކުގެ އެސްޓިމޭޓާއި ގަޑިޖެހިގެން ގެންނަ އެސްޓިމޭޓްތައް ބަލައި ނުގަނެވޭނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާންކުރީމެވެ.
23 އޭޕްރީލް 2017
26 ރަޖަބް 1438
ޙުސައިން ޝަރީފް
ތިމަރަފުށީ ކައުންސިލްގެ ރައީސް