މަސައްކަތް
ނަންބަރު: (IUL)426-AA/426/2017/66
ޕަބްލިޝްކުރި ތާރީޚް: 25 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 12:59
ސުންގަޑި: 02 މޭ 2017 11:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

ހިތަދޫ ފުއްޓަރު ފަރާތު ފަންނުތައް އޮންނަ ގޮތުން އެ ފަންނުތަކަށް އެރި އަރަން އުނދަގުވާތީ ކޮންމެ ފަންނަކަށް އެރި އަރާނެ ފައްތަރެއް މި އިދާރާއިން ދައްކާ ނަމޫނާއަކާއި އެއްގޮތަށް ހަދަން ބޭނުންވެއެވެ. މިކަން މި ގޮތަށް ހަމަޖައްސަނީ ދޮށީ އުމުރުގެ މީހުންނާއި ކުޑަކުދިން އެ ސަރަހައްދުން މޫދަށް އެރިއުޅުމަށް ފަސޭހަކުރުމުގެ ގޮތުންނެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2017 މޭ 02 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2017 މޭ 10 ވާ ބުދަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުސަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

28 ރަޖަބް 1438

25 އޭޕްރިލް 2017