ދިވެހިރާއްޖެ
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ތ. މަޑިފުށި، ދިވެހިރާއްޖެ
ނަމްބަރ: IUL)384-A/2017/23)
އިޢުލާން
މަޑިފުށީ ފުޓްބޯޅަދަނޑުގެ ވަށާފާރު ރޭނުމާއި ފެންސްޖެހުން:
މިރަށު ފުޓްބޯޅަދަނޑު ތަރައްޤީކުރުމުގެ ގޮތުން ފުޓްބޯޅަދަނޑުގެ ވަށާފާރު ރޭނުމާއި ފެންސްޖެހުމުގެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 30 އޭޕްރިލް 2017ވާ އާދިއްތަ ދުވަހުގެ 13:00އަށް މިއިދާރާއަށް
ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 04 މެއި 2017ވާ ބުރާސްފަތި ދުވަހުގެ 13:00އަށް ވަޑައިގެން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780034 މިނަމްބަރަށެވެ. މަޢުލޫމާތު ސާފް
ކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
28 ރަޖަބު 1438
25 އޭޕްރިލް 2017