މި ކުންފުނީގެ އޮފީސް އެސިސްޓަންޓް މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
|
މަޤާމް : އޮފީސް އެސިސްޓަންޓް
|
ބޭނުންވާ އަދަދު : 1 (އެކެއް)
|
މަޤާމުގެ މަސްޢޫލިއްޔަތުތައް:
|
- މި ކުންފުނިން ހަވާލުކުރާ އިންވޮއިސް، ސިޓީ، ޑޮކިއުމަންޓްސް ފަދަ ތަކެތި ބެހުމަށް ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކަށް އަދި ބޭންކްތަކަށް ދިއުމާއި، އޮފީހަށް ގެންނަންޖެހޭ ތަކެތި ގެނައުން.
- އޮފީސް އިމާރާތާއި، ފަރުނީޗަރާއި، ހިފައިގެންގުޅޭ ތަކެތި ސާފުކޮށް ބެހެއްޓުން؛
- އޮފީހުގެ މަރާމާތްތަކުގެ މަސައްކަތުގައި އެހީތެރިވުން.
- އޮފީސް ހުޅުވާ ލެއްޕުމުގެ މަސައްކަތް ކޮށްދިނުން؛
- އޮފީހަށް ބޭނުންވާ ތަކެތި ގަތުމުގެ މަސައްކަތުގައި އެހީތެރިވުން.
- އޮފީހުގެ ބޭއްވޭ ބައްދަލުވުންތަކަށް މީޓިންގ ރޫމް ތައްޔާރުކުރުމާއި އަދި ރިފްރެޝްމަންޓްގެ ޚިދުމަތް ދިނުން.
- ކުންފުނިން އެވަގުތު ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން؛
|
މަޤާމުގެ ޝަރުތު:
|
- ގްރޭޑް 8 ފުރިހަމަކޮށްފައިވުމާއި އެކު މަދުވެގެން 02 އަހަރުގެ މަސައްކަތުގެ ތަޖުރީބާ ލިބިފައިވުން؛
- ލިޔަން ކިޔަން ދަންނަ ފަރާތަކަށްވުން؛
- މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ހީވާގި އަދި ގަޑިއަށާއި ހާޒިރީއަށް ފަރުވާބަހައްޓާ މީހަކަށް ވުން؛
- ސައިކަލް ލައިސަންސް ލިބިފައިވާ ފަރާތަކަށްވުން؛
|
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މިކުންފުނީގެ ވެބްސައިޓް: www.mcif.mv އިން ލިބެން ހުންނާނެއެވެ.)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތު އެނގޭނޭ ރަސްމީ ލިޔުމެއް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ .
5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
|
އެޕްލިކޭޝަން ފޯމް ހުށަހަޅަންޖެހޭ ތާރީޚު:
|
04 މެއި 2017 ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ހަށަހަޅަން އެދެމެވެ.
|
ކުންފުނީގެ އެޑްރެސް:
މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިން ފައިނޭންސް ލިމިޓެޑް
މޫކާއި ސޫޓްސް (މ. ސަކައިމޫ)،ތިންވަނަ ފަންގިފިލާ، ހަވީރީ ހިންގުން
މާލެ، ދިވެހިރާއްޖެ
ފޯން :3008300 960 | ފެކްސް: 3008399 960
އީމެއިލް: [email protected]
ނޯޓް: މި މިޤާމަށް އިންޓަވިއުއަށް ކިޔޭނީ ހަމަ އެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
29 ރަޖަބު 1438
25 އެޕްރީލް 2017
|