މަސައްކަތް
ނަންބަރު: GS-82/2017/11
ޕަބްލިޝްކުރި ތާރީޚް: 25 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 08:28
ސުންގަޑި: 09 މޭ 2017 11:00
މާރަންދޫ މަދަރުސާ
ދިވެހިރާއްޖެ
ހަތަރު ފާޙާނާގެ ފާޙާނާ ބަރިއެއް އެޅުން

 

އިޢުލާން

 މިސްކޫލްގައި ހަތަރު ފާޙާނާގެ ފާޙާނާބަރިއެއް އަޅަންވަނީ ބޭނުންވެފައެވެ.

ވީމާ މިމަސައްކަތް ކޮންޓްރެކްޓް އުސޫލުން އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 9 މެއި2017ވާ އަންގާރަ ދުވަހު ހެނދުނު 11:00ގައި ސްކޫލްގައި އޮންނާނެއެވެ. މިބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދިމަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހެއް ފޮނުވާނަމަ، ސިޓީއަކާއި، ބަދަލުގައި އަންނަ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއަކާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.                               

މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 މެއި2017 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅެއްވުން އެދެމެވެ.

ނޯޓް: މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (18/2014)ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު(19/2014)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިސްކޫލުގެ ނަންބަރު 6500535 ފޯނަށް ގުޅުން އެދެމެވެ.

                                 

 

 

25 އޭޕްރިލް 2017