ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)179-2.2/1/2013/50
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2013
ޕަބްލިޝްކުރި ގަޑި: 08:38
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ހިއްސާދާރުންގެ ޙައްޤުތަކާބެހޭ ގޮތުން ހޭލުންތެރިކުރުމުގެ ސެޝަންތައް

ހިއްސާގެ ބާޒާރުގައި ހަރަކާތްތެރިވާ ފަރާތްތަކަށް، ހިއްސާދާރެއްގެ ހައިސިއްޔަތުން ލިބިފައިވާ ޙައްޤުތަކަކީ ކޮބައިކަން އޮޅުން ފިލުވައިދިނުމުގެ ގޮތުން މަޢުލޫމާތު ދިނުމުގެ ސިލްސިލާ ސެޝަންތަކެއް މިއޮތޯރިޓީން އިންތިޒާމުކޮށްގެން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިސެޝަންތަކުގެ މައިގަނޑު މަޤުޞަދަކީ، ހިއްސާ، ބޮންޑު، ސުކޫކް އަދި އެހެނިހެން މާލީ ސެކިއުރިޓީޒްތަކުގައި އިންވެސްޓްކުރާ ފަރާތްތަކުގެ ޙައްޤުތަކަށް އަހުލުވެރިކުރުވައި، ލިސްޓުކޮށްފައިވާ ކުންފުނިތައް ޖަވާބުދާރީ ކުރުވުމުގައި ހިއްސާދާރުންގެ ދައުރު އޮޅުންފިލުވައިދިނުމެވެ. އަދި ކޯޕަރޭޓް ގަވަނަންސްގެ އަސާސްތަކުގެ ސަބަބުން ހިއްސާދާރުންގެ ހައްގުތައް ރައްކާތެރިކުރުމަށް ބާރުއެޅިދާނެ ގޮތްތަކާބެހޭ ގޮތުން މަޢުލޫމާތު ދިނުމެވެ.

މިޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގައި 3 ސެޝަނެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. ތިރީގައިވާ ދުވަސްތަކުގައި ބާއްވާ ސެޝަންތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއޮތޯރިޓީގެ ނަމްބަރު 3014114،  3014121 ފޯނަށް ގުޅުއްވައި ނަން ނޯޓުކުރެއްވުމަށް އެދެމެވެ.

  1. 8 އޮކްޓޫބަރު 2013، މެންދުރު 1:00 އިން 2:00 އަށް، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޮންފަރަންސް ރޫމުގައި.
  2. 9 އޮކްޓޫބަރު 2013، މެންދުރު 1:00 އިން 2:00 އަށް، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޮންފަރަންސް ރޫމުގައި.
  3. 10 އޮކްޓޫބަރު 2013، މެންދުރު 1:00 އިން 2:00 އަށް، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޮންފަރަންސް ރޫމުގައި.

25 ޛުލްޤަޢިދާ 1434

01 އޮކްޓޫބަރު 2013