ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-A4/1/2017/11
ޕަބްލިޝްކުރި ތާރީޚް: 23 އެޕްރީލް 2017
ޕަބްލިޝްކުރި ގަޑި: 09:43
ސުންގަޑި: 04 މޭ 2017 14:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

                                                        

އިޢުލާން

 

ވަޒީފާގެ ފުރުޞަތު

                                                                         

މަޤާމް:                    މަސައްކަތު

މަޤާމުގެ ކްލެސިފިކޭޝަން:        ސްޕޯރޓް ސްޓާފް ގްރޭޑް1

ރޭންކް:                    އެސް.އެސް.1

މަޤާމުގެ ނަންބަރު:             119887

ގިންތި:                    ދާއިމީ

ބޭނުންވާ       ޢަދަދު:              1

މުސާރ:                   -/3100 ރުފިޔާ

ސަރވިސް އެލަވަންސް:          -/1000 ރުފިޔާ

އޮފީސް:                   މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ ސެކްޝަން:          ޓްރޭނިންގ، އެކްސްޓެންޝަން އެންޑް އެޑަޕްޓިވް ރިސާރޗް

މަސައްކަތް ކުރަންޖެހޭތަން:        ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ  

މަޤާމުގެ ޝަރުތު

 

1-      ލިޔަންކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ލިބިފައިވުން

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ސެންޓަރުގެ މުވައްޒިފުންނިދާ ކޮޓަރިތައް ސާފުކޮށްބެލެހެއްޓުމާއި ސެންޓަރު ގޯތިތެރެއާއިގޭތެރެ ސާފުކޮށްބެލެހެއްޓުން. އަދި އެނދުތަންމަތިއެޅުމާއި ބެޑްސީޓާއި ބާލީސްއުރަފަދަތަކެތި ދޮވެ އިސްތިރިކުރުން.                         
  • ބަދިގެ ސަރަހައްދު ސާފުކޮށް ބެލެހެއްޓުމާއި،  ބަދިގޭގައި ގެންގުޅޭ ހިފާގެންގުޅޭ ތަކެތި ރައްކާތެރިކަމާއެކު ސާފުތާރުކޮށް ބެލެހެއްޓުން.                                       
  • ސެންޓަރުގެ ގޯތިތެރެއާއި ގޭތެރެ ކުނިކަހާ ފޮޅާ ސާފުކޮށް ބެލެއްޓުން.

 

 

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

-          މަޤާމުގެ މަސައްކަތްތަކުގެ ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު.

-          ސިވިލް ސާރވިސް ޤަވާއިދަށް އަހުލުވެރި މިންވަރު.

 

މަޤާމް:                    ސީނިޔަރ ރިސާރޗް އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން:        ސީނިޔަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:                    އެމް.އެސް.3

މަޤާމުގެ ނަންބަރު:             288818

ގިންތި:                    ދާއިމީ

ބޭނުންވާ       ޢަދަދު:              1

މުސާރ:                   -/7035 ރުފިޔާ

ސަރވިސް އެލަވަންސް:          -/2000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:     މުސާރައިގެ %35

އޮފީސް:                   މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ ސެކްޝަން:          މެރިން ރިސާރޗް ސެންޓަރ  

މަސައްކަތް ކުރަންޖެހޭތަން:        މެރިން ރިސާރޗް ސެންޓަރުގައި  

 

      މަޤާމުގެ ޝަރުތު      

1-     މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ މެރިން ބަޔޮލޮޖީ/ މެރިން ސައެންސް/ ފިޝަރީޒް މެނޭޖްމެންޓް/ އެންވަޔަރަންމަންޓް މެނޭޖްމަންޓް  ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2-     މަގާމުގެ  މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ މެރިން ބަޔޮލޮޖީ/ މެރިން ސައެންސް/ ފިޝަރީޒް މެނޭޖްމެންޓް/ އެންވަޔަރަންމަންޓް މެނޭޖްމަންޓް  ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

3-     މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ މެރިން ބަޔޮލޮޖީ/ މެރިން ސައެންސް/ ފިޝަރީޒް މެނޭޖްމެންޓް/ އެންވަޔަރަންމަންޓް މެނޭޖްމަންޓް  ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއިއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

4-     މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ މެރިން ބަޔޮލޮޖީ/ މެރިން ސައެންސް/ ފިޝަރީޒް މެނޭޖްމެންޓް/ އެންވަޔަރަންމަންޓް މެނޭޖްމަންޓް  ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ

5-     މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ މެރިން ބަޔޮލޮޖީ/ މެރިން ސައެންސް/ ފިޝަރީޒް މެނޭޖްމެންޓް/ އެންވަޔަރަންމަންޓް މެނޭޖްމަންޓް  ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ރިސާރޗް ޕްރޮގްރާމް މިނިސްޓްރީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ގެ މަޤްޞަދުތައް ހާޞިލް ވާނޭގޮތަށް ބައްޓަންކޮށް ޙަރުދަނާ ގޮތެއްގައި ހިންގުން.
  • އަހަރުން އަހަރަށް ކުރަންޖެހޭ މަސައްކަތްތަކާ ހިންގަންޖެހޭ ޕްރޮގްރާމްތައް ރާވާ ބަޖެޓް ތައްޔާރުކުރުން. އަދި ބޭރުގެ ހިލޭއެހީ ދޭ ފަރާތްތަކާއި، މަސައްކަތުގެ ދާއިރާއާއި ގުޅުން ހުރި ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މަރުކަޒުތަކާއި ގުޅުން އުފައްދާ މަސައްކަތް ފުޅާކޮށް ހަރުދަނާ ކުރުން.
  • ކަނޑައެޅިފައިވާ ޕްރޮގްރާމްތައް ހިންގާ ޑިރެކްޓަރ ޖެނެރަލް އަށް ރިޕޯރޓް ކުރުން.
  • ކުރަމުން ގެންދާ މަސައްކަތުގެ ސައިންޓިފިކް ކަރުދާސް/ ޓެކްނިކަލް ރިޕޯރޓް ލިޔެ ޝާއިއުކުރުން، އަދި ލިޔެވޭ ރިޕޯރޓް/ ކަރުދާސް ބޭރުގެ ޖަލްސާތަކުގަޔާއި، ރާއްޖޭގެ ޖަލްސާތަކުގައި ހުށަހެޅުން.
  • ސެންޓަރުގެ ސޯސަލް މީޑިޔާ (ވެބްސައިޓް، ފޭސްބުކް، އަދި ޓްވިޓަރ) އަށް ކޮންޓްރިބިއުޓް ކުރުން.
  • އަހަރު ނިމޭއިރު ކުރެވިފައިވާ މަސައްކަތް އަހަރު ރިޕޯރޓަށް ބޭނުންވާ ގޮތަށް ހުލާސާ ކުރުން.
  • ޑިރެކްޓަރ ޖެނެރަލްގެ އިރުޝާދުގެ ދަށުން ކުރަންޖެހޭ އެހެނިހެން ކަންތައްތައް ކުރުން.

 

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

-          ލިބިފައިވާ ތަޢުލީމާއި، ތަމްރީން

-          މަސްވެރިކަމުގެ ރިސާރޗް މަސައްކަތްތަކާބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު

-          ސިވިލް ސަރވިސް ޤަވާޢިދަށް އަހުލުވެރި މިންވަރު

 

މަޤާމް:                    އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ  

މަޤާމުގެ ކްލެސިފިކޭޝަން:        އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:                    ޖީ.އެސް. 3

މަޤާމުގެ ނަންބަރު:             288981

ގިންތި:                    ދާއިމީ

ބޭނުންވާ       ޢަދަދު:              1

މުސާރ:                   -/4465 ރުފިޔާ

ސަރވިސް އެލަވަންސް:          -/1500 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:     މުސާރައިގެ %35

އޮފީސް:                   މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ ސެކްޝަން:          ފިޝަރީޒް ލޮޖިސްޓިކް އެންޑް އެޑްމިނިސްޓްރޭޝަން   

މަސައްކަތް ކުރަންޖެހޭތަން:        މިނިސްޓްރްރީ

 

 

 

      މަޤާމުގެ ޝަރުތު      

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • މަސްވެރިކަމަށް ދޫކުރާ އެކިއެކި ލޯނާއި ގުޅޭ މަސައްކަތްތައް ކުރުން.
  • މަސްވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް ޕްރޮސެސް ކުރުމާއި އަދި އެކްސްޕޯޓް ކުރުމަށް ހުށަހަޅާ ޕްރޮޕޯސަލްތައް ވަޒަން ކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން.
  • ސިނާއީ ފެންވަރެއްގައި މެރިކަލްޗަރ ފާމްތައް ތަރައްޤީ ކުރުމުގެ މަޝްރޫޢު ދަށުން މިނިސްޓްރީއަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގެ ވާރކްޕްލޭންގައިވާ ގޮތަށް މަސައްކަތް ކުރިއަށް ދޭތޯބަލައި މޮނިޓަރ ކުރުމުގެ އިދާރީ މަސައްކަތްތައް ކުރުން
  • މިނިސްޓްރީއާއި ސެކްޝަންގައި ހިންގާ ޚާއްޞަ މަޝަރޫޢުއާއި މަސައްކަތްތަކުގައި ބައިވެރިވެ އެމަސައްކަތް ކުރުން.
  • ސެކްޝަންގެ ޔައުމިއްޔާ ލިޔުން
  •  މިނިސްޓްރީ އާއި ސެކްޝަންގައި ހިންގާ ޚާއްޞަ މަޝަރޫޢުތަކާއި މަސައްކަތްތަކުގައި ބައިވެރިވެ އެމަސައްކަތްތައް ކުރުން.

 

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

-          ލިބިފައިވާ ތަޢުލީމާއި، ތަމްރީން

-          މަސްވެރިކަމުގެ ދާއިރާއިން މަޢުލޫމާތު ލިބިފައިވާ މިންވަރު

-          ސިވިލް ސަރވިސް ޤަވާޢިދަށް އަހުލުވެރި މިންވަރު

 

މަޤާމް:                    އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ  

މަޤާމުގެ ކްލެސިފިކޭޝަން:        އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:                    ޖީ.އެސް. 3

މަޤާމުގެ ނަންބަރު:             119724

ގިންތި:                    ދާއިމީ

ބޭނުންވާ       ޢަދަދު:              1

މުސާރަ:                   -/4465 ރުފިޔާ

ސަރވިސް އެލަވަންސް:          -/1500 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:     މުސާރައިގެ %35

ކޮއްތުފައިސާ:                ދަތުރުތަކުގައި ކޮއްތު ފައިސާގެ ގޮތުގައި ދުވާލަކަށް -/200 - -/180 ރުރިޔާ.

އޮފީސް:                   މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ ސެކްޝަން:          ފިޝަރީޒް އިންފްރާންސްޓްރަކްޗަރ ޑިވެލޮޕްމެންޓް ސެކްޝަން  

މަސައްކަތް ކުރަންޖެހޭތަން:        މިނިސްޓްރީ

           

 

      މަޤާމުގެ ޝަރުތު      

1-      މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2-      ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ރާއްޖޭގެ މަސް ކަނޑުތަކުގައި 1981 ވަނަ އަހަރުން ފެށިގެން ހަރުކުރަމުން އަންނަ އޮއިވާލި ކަނދުފަތީގެ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ފެޑް ސެންޓަރުގައި ކުރާ މަސައްކަތްތައް ރާވައި ހިންގުމާއެކު އެމަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ އެމަސައްކަތްތައް ކުރުން.
  • އޮއިވާލި ކަނދުފަތީގެ މަސައްކަތައް ރާއްޖެއިން ބޭރުން ގެންނަންޖެހޭ ތަކެއްޗާއި ރާއްޖެއިން ހޯދަންޖެހޭ ތަކެތި ހޯދާ، މަސައްކަތަށް ދަތި ނުވާނޭހެން އެތަކެތި ފެޑް ސެންޓަރަށް ގެންދިޔުމާއި އެތަކެތި ސްޓޮކް ބެލެހެއްޓުން
  • ކަނޑައިގެން ގޮސްފައިވާ އޮއިވާލި ކަނދުފަތި ހަރުކުރުމަށް ކުރާ ދަތުރުތައް ރާވައި އިންތިޒާމް ކުރުމާއި، އޮއިވާލި ކަނދުފަތި  ހަރުކުރުމަށް ކުރިންނާއި ފަހުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
  • އޮއިވާލި ކަނދުފަތި މޮނިޓަރކޮށް އެވަގުތެއްގައި އެކި ސަރަޙައްދުތަކުގައިހުރި ކަނދުފަތިތަކާއި، ކަނޑައިގެންދިޔުމުގެ ސަބަބުން ހަރުކުރަން ޖެހިފައިވާ އޮއިވާލި ކަނދުފަތިތަކާއި، މުޅިން އަލަށް ހަރުކުރަންޖެހޭ ކަނދުފަތިތަކާއި، މަރާމާތު ކުރަންވެފައިހުރި ކަނދުފަތިތައް އެނގޭނެ ގޮތައް ތައްޔާރުކޮށްފައިވާ ޑޭޓާ ބޭސް ބެލެހެއްޓުން  

 

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

-          ލިބިފައިވާތަޢުލީމާއި، ތަމްރީން

-          މަސްވެރިކަމުގެ ދާއިރާއާ ބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު

-          ސިވިލް ސާރވިސް ޤަވާއިދަށް އަހުލުވެރި މިންވަރު.

-          ކަނޑުމަތީގައި ގިނަވަގުތު އުޅުމުގެ ޤާބިލްކަން ލިބިފައިވުމާއި ފަތަން/ ފީނަން އެނގުން.

 

މަޤާމް:                    ޕްރޮޖެކްޓް އޮފިސަރ  

މަޤާމުގެ ކްލެސިފިކޭޝަން:        ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:                    އެމް.އެސް.1

މަޤާމުގެ ނަންބަރު:             147434

ގިންތި:                    ދާއިމީ

ބޭނުންވާ       ޢަދަދު:              1

މުސާރ:                   -/5610 ރުފިޔާ

ސަރވިސް އެލަވަންސް:          -/2000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:     މުސާރައިގެ %35

އޮފީސް:                   މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ ސެކްޝަން:          އަންއިންހެބިޓެޑް އައިލެންޑް އެންޑް ލެގޫން ސެކްޝަން   

މަސައްކަތް ކުރަންޖެހޭތަން:        މިނިސްޓްރީ  

 

      މަޤާމުގެ ޝަރުތު      

1-      މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2-      މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ

3-      މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ވަރުވާއަށް ދޫކޮށްފައި ހުންނަ ފަޅުރަށްރަށާއި، ދިގުމުއްދަތަށް ދޫކޮށްފައި ހުންނަ ފަޅުރަށްރަށަށް ކުރަންޖެހޭ ދަތުރުތައް އޯގަނައިޒްކޮށް ޔުނިޓް ހެޑްގެ މަޝްވަރާއާއެކު ދަތުރުތައް ކުރުން.
  • ވަރުވާއަށާއި ދިގުމުއްދަތަށް ދޫކޮށްފައި ހުންނަ ފަޅުރަށްރަށާއި ގުޅިގެން، ކުރިއަށް އޮންނަ އަހަރު ކުރަންޖެހޭ ދަތުރުތައް ޔުނިޓްގެ ހެޑްގެ  މަޝްވަރާގެ މަތި ރާވާ ހަމަޖެއްސުން.
  • ވަރުވާގެ އުޞޫލުން ރަށްތައް އިޢުލާން ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން.
  • ވަރުވާގެ އުޞޫލުން ކުއްޔަށް ދޫކުރާ ފަޅުރަށްތައް އިޢުލާންކޮށް، އެވޯޑް ކުރުމާއި ދެމެދުގައި ހިނގާ އެންމެހާ މަސައްކަތްތައް ކުރުން.
  • ވަރުވާގެ އުޞޫލުން ދޫކުރެވޭ ފަޅުރަށްތަކުގެ ފުރިހަމަ މަޢުލޫމާތުގެ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ފަޅުރަށްތަކާބެހޭ ދަފްތަރާއި ޑޭޓާބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުން.

 

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

-          ލިބިފައިވާ ތަޢުލީމާއި، ތަމްރީން

-          މިނިސްޓްރީގެ ދާއިރާގެ މަސައްކަތްތަކާބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު

-          ސިވިލް ސަރވިސް ޤަވާޢިދަށް އަހުލުވެރި މިންވަރު

 

އިތުރު ޢިނާޔަތްތައް

-          1- ސިވިލް ސާރވިސް ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.

-          2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

-          3- އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި އަދި ރިސްކް އެލަވަންސް ހަމަޖެހޭ      ވަޒީފާތަކަށް ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް  ލިބޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

1-      ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި  ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް:

4-      ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5-      ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ރ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވކް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.

6-      ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

7-      ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.

8-      މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުގެ ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

     (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި

      މަސައްކަތް ބަޔާންކޮށް އެ އޮފީހުން ދޫކޮށްފައިވާ ލިޔުން.

   (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ       އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ 

      މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

 

މަގާމަށް މީހުން ހޮވުމުގައި ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިހާނު ކުރުން

މިމަގާމަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި، އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޮންނާނެއެވެ.

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމް މި މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ  ތަކެތި ހުށަހަޅާނީ 04  މެއި 2017 ވާ ބުރާސްފަތި ދުވަހުގެ 14:00  ކުރިން މިނިސްޓްރީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެވެ.  އީމެއިލް އެޑްރެހަކީ [email protected] އެވެ. ފެކްސް ނަންބަރަކީ: 3326558 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

މި މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ  ޖުމްލަ 30 އިންސައްތަ ލިބެން ވާނެއެވެ.

 

 

އިތުރު މަޢުލޫމާތު ހޯދުން

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3339244 ފޯނާއި ގުޅުއްވުން އެދެމެވެ.

 

 

            26  ރަޖަބް       1438

            23  އޭޕްރީލް      2017

                     

23 އެޕްރީލް 2017