މަސައްކަތް
ނަންބަރު: FSM-ADV-2017/014
ޕަބްލިޝްކުރި ތާރީޚް: 23 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 14:44
ސުންގަޑި: 27 އޭޕްރިލް 2017 16:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ ތިލަފުށީ ބޯޓުޔާޑުގައި އަދި ވެހިކަލް ގަރާޖުގައި ހުރި ބައު ދަގަނޑު އަދި އެހެނިހެން އުކާލާ ތަކެތި ގަންނާނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

                          

       މިކުންފުނީގެ ތިލަފުށީ ބޯޓުޔާޑުގައި އަދި ވެހިކަލް ގަރާޖުގައި ހުރި ބައު ދަގަނޑު އަދި އެހެނިހެން އުކާލާ ތަކެތި ގަންނާނެ ފަރާތެއް ބޭނުންވެއްޖެއެވެ.

 

މުދަލުގެ ބާވަތް:  ބައު ދަގަނޑު، ބޭނުންކޮށްފައި ހުރި އަޑީތެޔޮ، ބޭނުން ނުކުރެވޭ ހަލާކުވެފައިވާ އިލެކްޓްރޯނިކް ސާމާނު

ތަން:      ފިއުލް ސަޕްލައިސް މޯލްޑިވްސް ބޯޓްޔާޑް، ކ.ތިލަފުށި އަދި އެފްއެސްއެމް އީޒީފިލް ގަރާޖް، ކަނބާއައިސާރަނި މަގު

 

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 27 އޭޕްރިލް 2017 ވަނަ ދުވަހުގެ ރަސްމީ ގަޑި ނިމެންދެން މިކުންފުނީގެ އިސްވެ ދެންނެވިފައިވާ ސައިޓްތަކަށް ހާޞިރުވެ މިތަކެތި ބެއްލެވުމުގެ ފުރުސަތު ހުޅުވާލައިފާ ވާނެއެވެ.

މިތަކެތި ބެއްލެވުމަށްފަހު އަގު ހުށައެޅުން އޮންނާނީ 30 އޭޕްރިލް 2017 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:30 ގައި މިކުންފުނީގެ ބޯޓްޔާޑުގައެވެ.

އަގު ހުށައެޅުއްވުމަށް ހާޞިރުވެ ވަޑައިގަންނަވާ ފަރާތްތަކުން އެފަރާތެއްގެ ރަސްމީ ލިޔެކިޔުންތަކުގެ ކޮޕީ (އަމިއްލަ ފަރާތެއް ނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު) އަދި ތަކެތީ ގަންނާނެ އަގު ހުށައަޅުއްވާ ކޯޓޭޝަން ހުށައަޅުއްވަން ވާނެއެވެ.

މިދެންނެވުނު ތަކެތި ބެއްލެވުމަށްފަހު، އެންމެ މަތިން އަގު ހުށައަޅުއްވާ ފަރާތަކަށް މިތަކެތި ހުސްކުރުމަށް 2 ދުވަހުގެ މުއްދަތެއް ދެވޭނެ ވާހަކަ ދަންނަވާލީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3331476 ނުވަތަ 3331417 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ.

23 އޭޕްރިލް 2017