މަސައްކަތް
ނަންބަރު: GS-172/IUL/2017/02
ޕަބްލިޝްކުރި ތާރީޚް: 23 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 13:48
ސުންގަޑި: 09 މޭ 2017 13:00
ރިނބުދޫ ސްކޫލް
ދިވެހިރާއްޖެ
ރިނބުދޫ ސްކޫލްގެ މުވައްޒަފުން ބޭނުންކުރުމަށް ދެ ފާޚާނާ އަމިއްލަތަކެތީގައި އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުން

 

ރިނބުދޫ ސްކޫލްގެ މުވައްޒަފުން ބޭނުންކުރުމަށް ދެ ފާޚާނާ އަމިއްލަތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދުން

        މިސްކޫލުގެ މުވައްޒަފުން ބޭނުންކުރުމަށް ދެ ފާޚާނާ އަމިއްލަތަކެތީގައި އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރު: GS-172/IUL/2017/01 ( 06 އޭޕްރީލް 2017 )  އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތުން އެސްޓިމޭޓް ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން މިކަމަށް އިޢުލާންކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

01 މެއި 2017 ވާ ހޯމަ ދުވަހުގެ 13:00 ގައި.

09 މެއި 2017 ވާ އަންގާރަ ދުވަހުގެ 13:00 ގައި.

        އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތަކާއި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބާޠިލު ކުރެވޭނެކަމުގައި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ސިޓީއަކާއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 7952917 ނަންބަރު ފޯނާއެވެ.

23 އޭޕްރިލް 2017