މަސައްކަތް
ނަންބަރު: 452-CPREV/23/2017/1
ޕަބްލިޝްކުރި ތާރީޚް: 23 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 10:56
ސުންގަޑި: 07 މޭ 2017 14:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކޮޮމިއުނިކަބަލް ޑިސީސް ސަރވެއިލެންސް ޑޭޓާބޭސް

 

 

ކޮމިއުނިކަބަލް ޑިސީސް ސަރވެއިލެންސްގެ ދަށުން، އިންފްލުއެންޒާ ސަރވެއިލަންސް އަދި އިވެންޓް ބޭސްޑް ސަރވެއިލެންސްގެ ޑޭޓަރ މެނޭޖްކުރުމާއި ރިޕޯޓުކުރުމަށް "ޑައިނެމިކް އިންފޮމޭޝަން ސިސްޓަމެއް" ޑިޒައިންކުރުމަށް ކޮންސަލްޓަންޓެއް ހޯދުމާއި ބެހޭ

 

ސަރވައިލެންސްގެ މަސައްކަތަކީ ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ޑޭޓާރ އެއްކުރުމާއި އެނަލައިޒް ކުރުމާއި ރިޕޯޓުކުރުމުގެ މަސައްކަތްތައްކުރުމެވެ.

 

މިގޮތުން ރާއްޖޭގައި ގާއިމުވެފައި އޮތް ގައިން ގަޔަށް އަރާ ބަލިތަކާއި ބެހޭ ގައުމީ ނިޒާމަކީ އެކަށީގެންވާ ފެންވަރަކަށް ތަރައްޤީވެފައިވާ '"އިންޑިކޭޓަރ ބޭސްޑް ސަރވެއިލެންސް' ސިސްޓަމެކެވެ. މީގެ މާނައަކީ ތަފާސް ހިސާބުތައް އެއްކުރެވިފައިވަނީ ނިސްބަތުން ގައިން ގަޔަށް އަރާ ބަލިތައް ހަށިގަނޑުގައި އަށަގަންނަ މީހުންގެ ތެރެއިން ހަމައެކަނި 'ނޯޓިފަޔަބަލް ޑިޒީސް ލިސްޓް' ގައި ބަޔާންކުރެވިފައިވާ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ ފުށުންނެވެ. މިއީ، 'ޕެސިވް ސަރވެއިލެންސް'ގެ މަސައްކަތްކަމުން، މިހާތަނަށް މިސިސްޓަމުންވަނީ  އަތޮޅުތަކުގައި ހަރަކާތްތެރިވާ ހެލްތް ވޯކަރުން މެދުވެރިކޮށް މުޅި ރާއްޖެއިން ޑޭޓާ އެއްކުރެވިފައިއެވެ. 

 

މިހާތަނަށް ޖެހެންދެން 'ނޯޓިފަޔަބަލް ޑިޒީސް ލިސްޓް' ގައި ހިމެނޭ ބަލިތަކުގެ ތަފާސް ހިސާބުތައް އަތޮޅު ފެންވަރުގައި އެއްކުރެވި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ވެބް އެޕްލިކޭޝަންއެއް ކަމުގައިވާ "ސިޑާސް- ސިއެރޯ އިންޓަގްރޭޓަޑް ޑޭޓާރ އެނެލިސިސް ސިސްޓަމް' އަށް ވަނީ ސެންޓްރަލް ލެވެލްގައި އެންޓަރކުރެވިފައިއެވެ. އެހެންނަމަވެސް، މި ޑޭޓަބޭސް މެދުވެރިކޮށް ޑޭޓަރ އެންޓަރކުރުމާއި މެނޭޖްކުރުމުގައި ބައެއް ދަތިތައްވަނީ ކުރިމަތިވެފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން އެއް ޑޭޓަރ އެންޓަރިންގް ސިސްޓަމެއްގައި ސަރވައިލެންސް ޔުނިޓް އަދި 'ލެބް ބޭސްޑް ސަރވެއިލެންސް' ގެ މަސައްކަތްތަކުގެ ޑޭޓާ މިހާރުވަނީ  އެއްކުރެވިފައެވެ. އެހެންކަމުން މިކަން ބެލެހެއްޓުމަށްވަނީ އިތުރު ދަތިކަމެއް ކުރިމަތިވެފައެވެ.

 

 މިގޮތުން ރާއްޖޭގެ ސަރވެއިލެންސް ސިސްޓަމްގެ މަސައްކަތްއްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، އިވެންޓް ބޭސްޑް ސަރވެއިލެންސްގެ މަސައްކަތްތައް ތައާރަފްކުރެވި އިންފުލުއެންޒާ ކަހަލަ އިތުރު ބަލިތަކުގެ ސަރވެއިލެންސްވަނީ ފާއިތުވި އަހަރުތެރޭގައި ފެށިފައެވެ.  އެހެންކަމުން ޑައިނެމިކް އިންފޮމޭޝަން ސިސްޓަމެއް ހެދުމަށްވަނީ ބޭނުންވެފައެވެ. މި ޑޭޓަރބޭސް އަކީ ކޮމިއުނިކަބަލް ޑިޒީސް ސަރވައިލެންސްގެ މަސައްކަތްތަކާއި ގުޅުންހުރި އޭރިޔާތައް މެނޭޖްކުރުމަށްލިބޭ ޕްލެޓްފޯމަކަށް ވާނެއެވެ.  މިގޮތުން މީގެ ތެރޭގައި ޑެއިލީ އަދި ޖެނަރަލް ސަރވެއިލެންސް، އިންފްލުއެންޒާ ސަރވެއިލެންސް، ޕޯޓް ހެލްތް ސަރވެއިލެންސް ('ކޮންޓެކްޓް ފޮލޯއަޕް)، އިވެންޓް ބޭސްޑް ސަރވެއިލެންސްގެ މަސައްކަތްތައް ހިމެނެއެވެ.

 

 

ޓާރމްސް އޮފް ރެފެރަންސް

އެއް ޕްލެޓްފޯމަކުން ސަރވެއިލެންސްއާއި ގުޅުންހުރި ހުރިހާ 'ނޯޓިފައިއަބަލް ކޮމިއުނިކަބަލް ޑިޒީސަޒް'، 'އިންފްލުއެންޒާ ސަރވެއިލެންސް' އަދި 'އިވެންޓް ބޭސްޑް ސަރވެއިލެންސް'ގެ ގެ ޑޭޓަރ ބެލެހެއްޓުމާއި ރިޕޯޓު ނެރުމުގެ މަސައްކަތްތައްކުރެވޭނެ ޑައިނެމިކް އިންފޮމޭޝަން ސިސްޓަމެއް ޑިޒައިންކޮށް ތައްޔާރުކުރުން.

މަސައްކަތުގެ ޝަރުތުތައް:

  1. ކެޑިޓޭޓުންގެ ކިބައިގައި އަންނަނިވި ބައިތައް ފުރިހަމަ ކުރުމުގެ ގާބިލުކަން ހުރުން:
  • ހާޑްވެއަރ
  • ހޯސްޓިންގް
  • ވެބް ބޭސްކޮށް އޮންލައިން އަދި އޮފްލައިން ޑޭޓާރ އެންޓްރީ
  • އަޕްގްރޭޑަބަލިޓީ
  • ކޯޑް ޝެއަރިންގް އެގްރީމަންޓްސް
  • ޝޯޓް ޓާރމް އަދި ލޯންގް ޓާރމް ސަރވިސް
  • ޔޫސަރ ލެވެލް (އެޓޯލް ލެވަލް އަދި ފެސިލިޓީ ލެވެލް)
  • އެސް.އެމް.އެސް ކޭޕަބިލިޓީސް
  • އެޕް ކޭޕަބިލިޓީސް
  • ސެކިއުރިޓީ ލެވެލް – ސުޕަވައިޒަރީ ލެވެލް
  • ސުޕަވައިޒަރީ ޗެކްސް ފޯ ކޭސަސް
  • ސިސްޓަމަށް އެންޓަރކުރެވިފައިވާ އެއްވެސް ކޭސްއެއް ޑިލީޓްނުކުރެވުން
  • އެހެން ފެސިލިޓީސް ތަކަށް ނޯޓިފައިވުން (އިންޓަރފެސިލިޓީ ނޯޓިފިކޭޝަންސް)
  • ރިޕޯޓުތައް އީމެއިލް ކުރުމުގެ ގާބިލުކަން
  • ޑިސީސް އައުޓް ބްރޭކްސްތަކަށް އެލާރޓް ލެވަލްތައް ސެޓްކުރުމާއި އަދި ވިޝުއަލް ނޯޓިފިކޭޝަން އަތޮޅުތަކާއި ސެންޓްރަލް ލެވެލްގައި ފެސިލިޓޭޓްކޮށްދިނުން.
  • އިންޓަރ އެޓޯލް ނޯޓިފިކޭޝަން
  • ޑޭޓާރ ކޮލިޓީ –އެއްބައްޔެއްގެ އެންމެ ފަހުގެ ރިކޯޑުގެ ޑުބްލިކޭޓް މާރޖިންގް، ޑޭޓާ ކޮލިޓީގެ ދަށުން ހެދުން
  • ޕޯސްޓް ކޯޑު، އަދި
  • އައި.ޑީ ނަންބަރ
  • ޑޭޓާ އެނަލައިޒު ކުރުމާއި އަތޮޅު އަދި ސެންޓްރަލް ލެވެލްގައި ރިޕޯޓުތައް ޖެނަރޭޓްކުރުމުގެ އިތުރަށް މެޕްކުރުމާއި އެކު ވިޝުއަލް އައުޓްބްރޭކްގެ ނޯޓިފިކޭޝަން.
  • ޑިޒައިންކުރުމުގެ ހަރުފަތުގައި، 'ޔޫސަރ އިންޓަރފޭސް ލޭޔައުޓް' އަދި 'ފަންގްޝަނަލިޓީ' ދުވަހުން ދުވަހަށް ހިއްސާކުރުން ( މިކަންތައްތައް ނެރޭޓިވް ޕްރޮޕޯސަލްގައި ފެންނަން ހުރުން)
  • އިންފޯމޭޝަން މެނޭޖްމަންޓް ސިސްޓަމްގެ ޓްރެއިނިންގް ފޯރުކޮށްދިނުން.
  • ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް ދެވޭ ޑޭޓާބޭސްގެ ފުރަތަމަ ޓްރެއިނިންގް އަށް ފަހު، 6 މަސްވަންދެން  އިންފޯމޭޝަން މެނޭޖްމަންޓް ސިސްޓަމްގެ ޑޭޓާބޭސް ބެލެހެއްޓުން.
  • ތަފްސީލުކޮށް 'ޔޫސަރ ގައިޑް' އެއް ތައްޔާރުކުރުން.

ޝަރުތާއި މަސައްކަތުގެ ތަޖުރިބާ

ކެޑިޑޭޓުންގެ ކިބައިގައި އަންނަނިވި ޝަރުތުތައް ހުރުން:

  1. އިންފޮމޭޝަން ޓެކްނޮލޮޖީ (ސޮފްޓްވެއަރ ޑިޒައިން އެންޑް ޑިވެލޮޕްމަންޓް)، އިންފޮމޭޝަން ޓެކްނޮލޮޖީ (ސޮފްޓްވެއަރ ޑިވެލޮޕްމަންޓް) ނުވަތަ ގުޅުންހުރި ދާއިރާއަކުން ބެޗްލާސް ޑިގްރީއެއް އޮތުން. އަދި ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއިން މަދުވެގެން 5 އަހަރުގެ ތަޖުރިބާ ހުރުން،
  2.  ސަރުކާރުގެ މުއައްސަސާތަކާއި، ތަފާތު ފަރާތްތަކަށް ރަނގަޅަށް މުޢާމަލާތުކޮށް ބޭނުންވާ މަޢުލޫމާތު ހާސިލްކުރުމުގެ ހުނަރު ލިބިފައިވުން،
  3.  މަސައްކަތް ކުރިއަށް ގެންދިޔުމަށް ދިވެހިންނަށާއި ރާއްޖޭގައި ދިރިއުޅޭ މީހުންނަށް އިސްކަން ދެވޭނެއެވެ.

ކޮންސަލްޓަންސީގެ މުއްދަތު

  • ·4-3 މަސްދުވަސް (ނުވަތަ ހަވާލުވާ ފަރާތަކުންދެއްވާ މުއްދަތަކާއި އެއްގޮތަށް)

 

For procurement: Evaluation                              

1. Fee:                                                               40%

2. Previous consultancy experience:                    20%

3. Duration of Consultancy:                               30%

5. For local consultants                                     10%

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލު

  • އަގު: 40 ޕޮއިންޓް (އެންމެ ކުޑައަގެއް ހުށަހަޅާ ފަރާތަކަށް އެންމެ މަތީ ޕޮއިންޓް އެއަށްފަހު ޕޮއިންޓް ދެވޭނީ ރޭޝިރޯއިން)
  • ތަޖްރިބާ: 20 ޕޮއިންޓް (ތަޖުރިބާ ކަމުގައި ބެލެވޭނީ ކޮށްފައިވާ މިބާވަތުގެ މަސައްކަތްތަކާއި ގުޅިގެން ހުށަހަޅާ، މަސައްކަތް ނިންމިކަމުގެ ނުވަތަ ފުރިހަމަ ކުރިކަމުގެ ލިޔުންތަކުގެ މައްޗަށެވެ. މިގޮތުން ހުށަހަޅާ ކޮންމެ ލިޔުމަކަށް ލިބޭނީ 05 ޕޮއިންޓެވެ. އަދި ގިނަވެގެން ލިބޭނީ 20 ޕޮއިންޓެވެ.)
  • މުއްދަތު:  30 ޕޮއިންޓް (އެންމެކުރުމުއްދަތެއް ހުށަހަޅާ ފަރާތަކަށް އެންމެ މަތީ ޕޮއިންޓް އެއަށްފަހު ޕޮއިންޓް ދެވޭނީ ރޭޝިރޯއިން،)
  • ހުށައަޅާ ފަރާތަކީ ދިވެއްސެއްނަމަ: 10 ޕޮއިންޓް

 

ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް (ބަޖެޓާއެކު) 07 މެއި 2017 ވާ އާދީއްތަ ދުވަހުގެ މެންދުރު 02:00ގެ ކުރިން އެޗް.ޕީ.އޭ އަށް ހުށަހަޅައިދެއްވުންއެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ[email protected] އަށް އީމެއިލް ކޮށްދެއްވުންއެދެމެވެ.

 ނޯޓް: ޕްރޮޕޯސަލް ފޮނުވާ ފަރާތަކީ އަމިއްލަ ފަރާތެއްނަމަ ސީވީ، އެޓެސްޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ދިވެއްސެއްނަމަ އައިޑީ ކާޑުގެ ކޮޕީ ނުވަތަ ބިދޭސީއެއްނަމަ ޕާސްޕޯޓުގެ ކޮޕީ  ހުށައަޅަން ވާނެވެ. އަދި ޕްރޮޕޯސަލް ފޮނުވާ ފަރާތަކީ ކޮމްޕެނީއެއްނަމަ ކޮމްޕެނީގެ ރަޖިސްޓްރޭޝަން ކޮޕީ އާއި ޖީ.އެސް.ޓީއަށް ރަޖިސްޓާރ ކޮއްފައިވާނަމަ ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ ހުށައަޅަންވާނެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 3014485 އަށް ގުޅާދެއްވުންއެދެމެވެ.

 

Interested candidates should submit proposal inclusive of fee details to the following address on or before Monday,07 May 2017by (14:00 pm) to:

Health Protection Agency

Ministry of Health

Roashanee Building, Roashanee Magu

Or applications can be submitted via email through:

[email protected]

 

Note: If the submitter is an Individuals submit the CV and relevant educational certificates (attested) and national ID (for locals) or passport copy. If the submitter is a company please submit the attested copy of company registration and if the company is registered for GST, submit the GST registration copy along with the proposal.

 

Further information regarding the consultancy may be obtained from (3014485)

 

17 April 2017

 

 

23 އޭޕްރިލް 2017