މަޤާމް :
|
މާރކެޓިންގ އޮފިސަރ
|
ބޭނުންވާ އަދަދު:
|
1 ( އެކެއް )
|
މުސާރައާއި އެލަވަންސް:
|
- މުސާރަ: މަހަކު -/5279 ރުފިޔާ ( ހަތަރު ހާސް ހަތަރު ސަތޭކަ އެއް ރުފިޔާ)
- ސަރވިސް އެލަވަންސް: މަހަކު -/2730 ރުފިޔާ ( އެއް ހާސް އަށްސަތޭކަ ނުވަދިހަ ރުފިޔާ)
- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
އޮފީސް :
|
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
|
ޔުނިޓް :
|
މާރކެޓިންގ ޔުނިޓް
|
ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:
|
- މާރކެޓިންގ ނުވަތަ ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ހާޞިލްކޮށްފައިވުމާއިއެކު ގުޅޭ ދާއިރާއަކުން 1 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން ނުވަތަ
- އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން އެޑްވާންސްޑް ސެޓްފިކެޓެއް ހާޞިލްކޮށްފައިވުން ނުވަތަ ގުޅޭ ދާއިރާއަކުން އެޑްވާންސްޑް ސެޓްފިކެޓެއް ހާޞިލްކޮށްފައިވުން.
- ކަސްޓަމަރުން ބޭނުންވާ ކަންކަން ދެނެގަތުމުގެ ޤާބިލްކަން ހުރުމާއެކު، ތަފާތު މިޒާޖުގެ މީހުންނާ މުޢާމަލާތް ކުރަން އެނގުން
- އަޑުއެހުމުގެ ޤާބިލްކަން ހުރުން، މުޢާމަލާތް ކުރުމުގެ ހުނަރު ހުރުން، އެހެން މީހުންނަށް އެއްޗެތި ހުށަހެޅުމުގެ ޤާބިލްކަން ހުރުން އަދި އެހެންމީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން
- އޮންލައިން ވިޔަފާރިއަށް އަހުލުވެރިވެފައިވުމާއެކު އެކިއެކި ޓެކްނިކަލް މައްސަލަތައް ދެނެގަތުމުގެ ޤާބިލްކަން ހުރުމާއެކު އެކަންކަމާ ގުޅޭ ގޮތުން މުޢާމަލާތް ކުރަން އެނގުން.
- ޙަވާލު ކުރެވޭ މަސައްކަތްތައް މުސްތަގިއްލުކަމާއެކު ކުރުމުގެ ޤާބިލްކަން ހުރުން
- ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން
- ދިމާވާއެކިއެކި ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން
- ކަންކަމުގައިއަމިއްލައަށްއިސްނަގައިގެންމަސައްކަތްކުރެވޭނެފަރާތަކަށްވުން
- ގިނަވަގުތުމަސައްކަތުގައިއުޅެވޭފަރާތަކަށްވުން
- ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން
- އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި އިއުލާން ނަންބަރާއެކު)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
- ވަޒީފާ އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެންމެފަހުން އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
- ޕޮލިސް ރިޕޯޓް ( ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަން ޖެހޭނެއެވެ.)
- ގުޅޭނެ ފޯން ނަންބަރު
|
ސުންގަޑި:
|
މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2017 އޭޕްރިލް 27 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 03 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސަސް ސެކްޝަން ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި " ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ.
|
އިންޓަވިއު:
|
އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް އެދި ސިޓީ ހުށހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
|
ސިޓީ އެޑްރެސްކުރާނެ ގޮތް:
|
މެނޭޖިންގ ޑިރެކްޓަރ
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި، ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލްކުރެވޭނެއެވެ.
- މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3009271 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 3321559 އެވެ.
|
26 ރަޖަބު 1438
23 އޭޕްރިލް 2017
|
|
|
|
|
|