ނޫސްބަޔާން
ނަންބަރު: 427-LCM/CIR/2017/7 ނަންބަރު
ޕަބްލިޝްކުރި ތާރީޚް: 20 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 14:48
ސުންގަޑި: 26 އޭޕްރިލް 2017 14:00
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ބްރޯޑްކާސްޓަރުންގެ ސަމާލުކަމަށް

ބްރޯޑްކާސްޓަރުންގެ ސަމާލުކަމަށް

 

2017 މެއި 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ މަސައްކަތައް ހުރަސްއެޅޭ ފަދަ ގޮތަކަށް އިލެކްޝަންސް ކޮމިޝަންގެ ހުއްދަނެތި އިންތިހާބީ މަރުކަޒުގެ ތެރެއަށް ވަދެ އެތަނުގެ ތެރޭގައި ފޮޓޯއާއި މަންޒަރު ރެކޯޑުކޮށް، ސިޔާސީ އެކި ފަރާތްތަކާއި އިންޓަވިއުކުރުން ފަދަ ކަންކަން ބައެއް ބްރޯޑްކާސްޓަރުން ކުރަމުންދާކަމުގެ ޝަކުވާ މި ކޮމިޝަނަށް ލިބެމުންދާތީ ދަންނަވަމެވެ.

މިފަދަ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ބެލެވިދާ ފަދަ ކަންކަމަށް ވާތީ މިފަދަ އަމަލުތަކުން ދުރުވެތިބުމަށް ނަސޭހަތްތެރިވަމެވެ. ހަމަ އެހެންމެ، އިންތިޚާބުތަކާ ބެހޭ އާއްމު ޤާނޫނާއި އަބުރު ރައްކައުތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އަދި "އިންތިޚާބު ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިން" ގެ އިމުގެ ތެރެއިން  މަސައްކަތް ކުރުމަށް ސަމާލުކަން ދެންވުމަށް  ހުރިހާ ބްރޯޑްކާސްޓަރުންނަށް މި ކޮމިޝަނުން އިލްތިމާސް ކުރަމެވެ.

 23  ރަޖަބު 1438 

 20 އެޕްރީލް 2017

20 އޭޕްރިލް 2017