ދިވެހިރާއްޖެ
ނަންބަރު: IUL-B/GS152/2017/13
އިޢުލާނު
މިސްކޫލުގެ އޮފީސް އިމާރާތުގެ އަސްކަނި ސީލިންގު ކުރުމާއި ދިޔަދޮވި ހަރުކުރުން
މިސްކޫލުގެ އޮފީސް އިމާރާތުގެ އަސްކަނި ސީލިންގު ކުރުމާއި ދިޔަދޮވި ހަރުކުރާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނުIUL-B/GS152/2017/12 (11 އޭޕްރީލް 2017) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް 2 ވަނަ ފަހަރަށް އެފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތައް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 އޭޕްރީލް 2017 ވާ އާދީއްތަ ދުވަހުގެ 11:00 ށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 4 މެއި 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 ށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހަޅުއްވާނީ މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ދޫކުރެވޭ ބީލަން ހުށަހަޅާ ފޯމުންނެވެ. ބީލަމަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ސިޓީ އަކާއިއެކު ފޮނުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
23 ރަޖްބް 1438
20 އޭޕްރީލް 2017
ޢަލީ ސަމީރު
އެޑްނިސްޓްރޭޓަރ