ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީ އާއި މި މިނިސްޓްރީގެ ދަށުގައިވާ މުއައްސަސާތަކަށް ރާއްޖެއިން ބޭރުން އެއަރ ފްރައިޓްކޮށް އަދި ސީ ފްރައިޓްކޮށް ގެނެވޭ ތަކެތި ކްލިއަރ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތައް 26 އޭޕްރިލް 2017 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 03 މޭ ވާ ބުދަ ދުވަހުގެ ހެނދުނު 9:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
23 ރަޖަބު 1438