ދިވެހިރާއްޖެ
FNK-B/IUL/2017/166
އިޢުލާން
އައި، ޓީ ސާމާނުތަކެއް ސިޓީލާ ނީލަމުގައި ވިއްކާލުން.
މިކުންފުނީގައި ބޭނުންކުރަމުންދިޔަ ބައު ކޮންޕިއުޓަރ ސިސްޓަމްތަކާއި އަދި އެއާއި ގުޅުންހުރި ބައެއް ސާމާނު ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ. މިތަކެއްޗަށް އަގު ހުށައެޅޭނީ ހުރިހާ ތަކެއްޗެއް ހިމެނޭގޮތަށެވެ. މިނީލަން ފެށޭއަގަކީ އަގަކީ -/2000ރ ( ދެހާސް ރުފިޔާ) އެވެ. އަދި ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން ފަހަރަކު -/200 ރ (ދުއިސައްތަ ރުފިޔާ) އެވެ.
މިނީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ނީލަން ކާމިޔާބުކުރާ ފަރާތުން ރަސްމީ 2 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށްފަހު މުދަލާއި ޙަވާލުވެ، އެތަކެތި މިތަނުން ގެންދަވަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ފައިސާ ދައްކާ ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާޠިލްކޮށް އަލުން ނީލަންކިޔުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ. އަދި މިގޮތަށް ނީލަންކިޔަން ޖެހިއްޖެނަމަ ކުރިން ނީލަން ކާމިޔާބުކުރި ފަރާތަށް މިނީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަވެސް ދަންނަވަމެވެ.
މިނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 25 އެޕްރީލް 2011 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިކުންފުނީގެ ހެޑްއޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 02 މެއި 2017 ވާ އަންގާރަ ދުވަހު 11:00 އަށް މިކުންފުންޏަށް ދުރުވެ ސިޓީއަކުން އަގުހުށައަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް ނީލަމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.
22 ރަޖަބު 1438
19 އެޕްރީލް 2018
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ޕޯރޓްސް ކޮމްޕްލެކްސް ބިލްޑިންގ 7 ވަނަ ފަންގިފިލާ،ހިލާލީމަގު
މާލެ20307، ދިވެހިރާއްޖެ.